އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުގެ ހިއްސާ އަކަށް ބާރަ ރުފިޔާ ބަހަން ހުށަހަޅައިފި

ދިރާގުގެ ހިއްސާ އަކަށް ބާރަ ރުފިޔާ ބަހަން ހުށަހަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން  ހިއްސާ އަކަށް 12 ރުފިޔާ ބަހަން ބަހަން ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފިއެވެ. 

ދިރާގުން ބުނެފައިވަނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހިއްސާ އަކަށް 12ރ. ނުވަތަ ޖުމްލަ ފައިސާގެ ފައިދާގެ ގޮތުގައި 912 މިލިއަން ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

ދިރާގުގެ 2019 ވަނަ އަހަރު ފައިދާ ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ހިއްސާއަކަށް 4.14 ރުފިޔާގެ މަގުން އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި ބެހި 314.6 މިލިއަން ރުފިޔާ އާއި ހިއްސާއަށް 7.86 ރުފިޔާގެ މަގުން ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ބަހަން ހުށަހަޅާ ފައިނަލް ޑިވިޑެންޑެވެ.

ދިރާގުން ބުނެފައިވަނީ ބުނީ މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުން ކަނޑައަޅާ ފައިދާ ބަހާނީ މިމަހުގެ 13 ވަނަ ދުވަހު އެ ކުންފުނީގެ މާލީ ހިސާބުތައް ކްލޯޒް ކުރާ ޑޭޓުގައި ކުންފުނީގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންގެ މެދުގައި ކަމަށެވެ. 

ދިރާގުގެ 31 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. އެހެންނަމަވެސް އެ ޖަލްސާގެ އެޖެންޑާއާއި ނޯޓިސް އަންނަ މާޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އަންގާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު