އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަންބޮޑުވެ ޝަކުވާ ކުރުމަކީ ލަދުވެތިކަމެއްކަން ތިމާއަށްވުރެ މާ ޙާލުގައި ތިބި މީހުން މަތިން ހަނދާންކޮށްލުމުން އެނގޭނެއެވެ!: މުފްތީ މެންކް

ކަންބޮޑުވެ ޝަކުވާ ކުރުމަކީ ލަދުވެތިކަމެއްކަން ތިމާއަށްވުރެ މާ ޙާލުގައި ތިބި މީހުން މަތިން ހަނދާންކޮށްލުމުން އެނގޭނެއެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

"އުފަލުގައި ދިރިއުޅެވޭނީ ކުރިމަތިވާ ޙާލަތްތަކަށް ޝަކުވާ ނުކޮށް ދިރިއުޅެން މަސައްކަތްކުރާ މީހުންނަށެވެ. ހަމަ ކޮންމެ ކަމަކާއި ކަންބޮޑުވެ ޝަކުވާ ކުރަން ޖެހުނު ނަމަވެސް ތިބާގެ ވަށައިގެންވާ މީހުންނަށް ބަލާށެވެ! 

ކޮންމެ ހިތްދަތިކަމަކީވެސް އަދި ކޮންމެ ކަންބޮޑުވުމަކީވެސް ﷲ ތަޢާލާ މިންވަރު ކުރެއްވެވި އިންޒާރުގެ ރަނގަބީލެއް ކަމަށް ދެކޭށެވެ. އެކަން އެގޮތުގައި ބަލައިގަނެ ރަނގަބީލަށްޓަކައި ޝުކުރުވެރިވާށެވެ! 

ތިމާއަށް ދިމާވާ ކަމަކާއި ނުވަތަ ޙާލަތަކާއި ގުޅިގެން ޝަކުވާ ކުރާ ނަމަ އެއަށްވުރެ މާދަތިޙާލުގައި ތިބި މީހުންގެ މަތިން ހަނދުމަކޮށްލުމުން ޝަކުވާކުރަން ލަދުވެތިވެވޭނެއެވެ!" 

މުސްލިމުންގެ ސިފައަކަށް ހަދަންވީ ޝަކުވާ ކުރުމެއް ނޫނެވެ! ކެތްތެރިވުމެވެ! ޝުކުރުވެރިވުން ތައުބާވުން ގިނަކުރުމެވެ. 

މިސާލަކަށް އަހަރެމެންގެ ގެ ބުރިބުރިއަށް ނުހެދިގެން ޝަކުވާކުރާއިރު އެއްވެސް ފުރާޅެއް ނެތިގެން މަގުމަތީގައި ނިދަން ތިބީ ކިތައް ހާސް މީހުން ކަމާއިމެދު ފުންކޮށް ވިސްނައިލާށެވެ! ބައްޔެއް ޖެހިގެން ޝަކުވާކުރާއިރު އެއްވެސް ޙަރަކާތެއް ނުކުރެވި އެތައް އަހަރެއް ވަންދެން އެނދުމަތީގައި އެތިބަ އެތައް މިލިއަން މީހުންނަށް ވިސްނައިލާށެވެ! ހޮސްޕިޓަލްތަކުގެ އައިސީޔޫތަކުގައި ކޯމާތަކުގައި ތިބި މީހުންނަށް ވިސްނައިލާށެވެ! 

މިފަދަ ކަންކަމަށް ވިސްނައިލުމުން ކަމެއް ދިމާވާއިރަށް ޝަކުވާ ކުރަން ލަދުގަންނަން ޖެހޭނެ ކަމަށް މިބުނާ ސަބަބު ވިސްނޭނެއެވެ!

 

- މުފްތީ މެންކްގެ ދަރުސަކުން

  

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް