އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޮނޑުދޮށް ޙިމާޔަތްކުރަން ފޮނުވި ބަންގްލަދޭޝް މީހާ ބަރަހަނާކޮށް ގެއަކަށް ވަދެއްޖެ! މަޖިލީހުގެ ހަމްދަރުދީ އަދި ނުލިބޭ!

ގޮނޑުދޮށް ޙިމާޔަތްކުރަން ފޮނުވި ބަންގްލަދޭޝް މީހާ ބަރަހަނާކޮށް ގެއަކަށް ވަދެއްޖެ! މަޖިލީހުގެ ހަމްދަރުދީ އަދި ނުލިބޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ރ. ފައިނު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް ސަރުކާރުން އެރަށަށް ގެންގޮސްފައި ހުރި ބަންގްލަދޭޝް މީހަކު ބަރަހަނާ ހާލު ރޭ ގެއަކަށް ވަން މައްސަލައެއްގައި ފުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންފައިނު ކައުންސިލުގެ ރައީސް ޢަބްދުއްނާޞިރު މިއަދު ވިދާޅުވީ ހެދުނު ރައްޔިތުންގެ ބައަކު ކުރި ޝަކުވާއަކާއި ގުޅިގެން ފުލުހުންނަށް މައްސަލަ ހުށަހަޅުއްވާފައިވާނެ ކަމަށެވެ. "އޭނާ ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފަ. މައްސަލަ ދަނީ ބަލަމުން."

ޢަބްދުއްނާޞިރު ވިދާޅުވީ ފައިނު ފަދަ ކުޑަ ރަށަކަށް ކުށްމަދު ރަށެއްގެ ގޮތުގައި އޮވެވެނީ އެކަމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދޭތީ ކަމަށާއި އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. "އަޅުގަނޑު މިއަދުވެސް ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ މިއީ ރައްޔިތުންގެ ކައުންސިލޭ! ކޮންމެ ކަމެއް ވެސް ކައުންސިލަށް ހުށަހަޅުއްވާށޭ! މާތް ﷲ ގެ ވާގިފުޅާއިއެކު އެކަމަކާއި ގުޅިގެން އެޅެން ހުރި ފިޔަވަޅުތައް ކައުންސިލުން އަޅާނެ ކަމުގެ ޔަޤީންކަން އަރުވަމޭ!"

ފައިނުން މައުލޫމާތުދިން މީހަކު ބުނީ އޭނާ އުޅުނީ އޭނާގެ އައުރަ ގުނަވަން އިޝްތިހާރުކޮށްގެން އެގެއިން ބައަކު ޝައުޤުވެރިކުރުވައި ޖިންސީ ގޯނާ ކުރަން ކަމަށެވެ.

ރާއްޖޭގައި ޢައުރަ ދައްކައިގެން އުޅޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ޤާނޫނު ހަދާ މަޖިލީހުގެ ރިޔާސަތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ. މާފުށީގައި ނިވާކަން ކުޑަކޮށް އުޅުނު ފަތުރުވެރިއަކު ފުލުހުންގެ އަމުރަށް ތަކުރާރުކޮށް ނުކިޔަމަންތެރިވުމުން ކުޑައިރުކޮޅަކަށް ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމުން ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ރިޔާސަތުން ވަނީ ކަންބޮޑުވުން ފައުޅުކޮށް ހަމްދަރުދީގެ މެސެޖުތައް ފޮނުވައިފައެވެ. ބަރަހަނާކޮށް އުޅުނު މިމީހާގެ މައްސަލައިގައި މަޖިލީހުގެ ރިޔާސަތުން ކަންބޮޑުވެ ހަމްދަރުދީ ފޮނުވިކަމެއް އަދި އެނގިފައެއް ނުވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް