އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އީމާންކަން އިތުރުކޮށް ދީނުގައި ސާބިތުވާން އެދޭ މީހާ އީމާންކަން ތާޒާކުރަން ސަމާލުކަން ދޭށެވެ!

އީމާންކަން އިތުރުކޮށް ދީނުގައި ސާބިތުވާން އެދޭ މީހާ އީމާންކަން ތާޒާކުރަން ސަމާލުކަން ދޭށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

އީމާންކަމަކީ ވެސް އަބަދު އެއް މިންވަރެއްގައި ހިފަހައްޓަން ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ހީނަރުކަން އިތުރުވާ ދުވަސްތައްވެސް އަންނާނެއެވެ. ގިނަ ފަހަރަށް އެކަން ދިމާވަނީ އަޅުކަމާއި ދުރުހެލިވެވުމުންނެވެ. އަޅުކަން ކުރުމާއި ދުރުހެލިވެވޭ މިންވަރަކުންނެވެ. 

ހިތުތެރޭގައި ބަހައްޓަން ބޭނުންވާ އެހެން ކަންކަން ތާޒާކުރާ ފަދައިން އީމާންކަންވެސް ތާޒާކުރަން ޖެހެނީ އެ ސަބަބަށްޓަކައެވެ. އީމާންކަން ތާޒާކުރުމަށް ކުރެވިދާނެ ވަރަށް ގިނަ ކަންކަން ހުރެއެވެ. އެއިގެ ތެރެއިން ފުރަތަމަ ކަމަކީ ކީރިތި ޤުރްއާނުގެ މާނަ ކިޔައި އުނގެނުންމަތީގައި ދެމިހުރުމެވެ. ހަމައެއާއިއެކު ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތައް އުނގެނެން މަސައްކަތްކުރުމެވެ. 

ކޮންމެ މީހަކީ ހަމަ ކިޔައިލުމުން ކީރިތި ޤުރްއާނުގެ މާނަ ފަހުންވާނެ މީހެއް ނޫނެވެ. އަދި ޙަދީޘްފުޅުތަކާއި ދީނީ ޢިލްމުވެރިންގެ ބަސްފުޅުތައްވެސް ފަހުމްވާނެ މީހެއް ނޫނެވެ. ވީމާ ދީނީ ޢިލްމުވެރިން ދެއްވާ ދަރުސްތައް ވީހައި ގިނައިން އަޑުއަހަންވާނެއެވެ. ދީނީ ޢިލްމުވެރިން އެކުރައްވާ މަސައްކަތަކީ  ކީރިތި ޤުރްއާނާއި ޙަދީޘްފުޅުތަކާއި އިސްލާމީ ސިޔަރަތާއި ދީނީ ބޮޑެތި ޢިލްމުވެރިން ދެއްވަވާފައިވާ ފަތުވާތައް ތަފްޞީލްކޮށްދެއްވެވުމެވެ. ވީމާ ދަރުސްތައް އަޑުއެހުމަކީ ދީނުގެ މައުލޫމާތު އިތުރުވެ ހިތުގައި ދީނީ ލޯބި އުފެދި އިތުރުވެގެންދާނެ އެންމެ ފަސޭހަ މަގެވެ. 

އީމާންކަން ތާޒާކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އަޅުކަން ކުރުމުގައި ކަންނެތް ވެވޭނަމަ އެއީ ޙަޔާތުން ގެއްލިގެންދާ އަގުހުރި ދުވަސްތަކެކެވެ. ބާކީވެ ބޭކާރުވެގެންދާ ވަގުތުތަކެކެވެ. އެއީ ކޮންމެ މީހަކު ނަމަވެސް ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަން ޖެހޭނެ އެއް ކަންތަކެވެ. 

އިސްލާމީ ތިލަފަތުގެ ދަރުސަކުން   

ރާއްޖެއަށް ބަލައިފިނަމަ ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހުގަ އާއި ވަރަށް ގިނަ ރޭތަކުގައި މަޣްރިބް ނަމާދާއި ޢިޝާ ނަމާދަށްފަހު މިސްކިތްތަކުގައި ދަރުސް ދެއެވެ. އެ ވަގުތުތަކުގައި އުނދަގޫނަމަ ހުކުރު އަދި ހޮނިހިރު ދުވަހުރޭގެ ފަތިސް ނަމާދަށްފަހު މ. ފަނޑިޔާރު މިސްކިތުގައި (އޯޑިއޯން ކައިރި) ދަރުސް ދެއެވެ.  

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް