އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ މަތިވެރި 2 ޢަމަލުކުރުމަކީ ވަރަށް ފަސޭހަކަމެކެވެ!

އެންމެ މަތިވެރި 2 ޢަމަލުކުރުމަކީ ވަރަށް ފަސޭހަކަމެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

އެންމެ ހެޔޮ އަމަލު ނުވަތަ އެންމެ މަތިވެރި ޢަމަލު ހޯދަން ނުވަތަ އޮޅުން ފިލުވަން ވަރަށް ގިނަ ބައަކު މަސައްކަތްކުރެއެވެ. ޙަޤީޤަތަށް ބަލައިފިނަމަ އެއީ ވަރަށް ފަސޭހައިން ކުރެވެން އޮތް 2 ކަމެކެވެ. 

ރަސޫލް (ޞޢވ) ގެ ހަދީޘްފުޅެއްގެ މާނައިވެއެވެ. "އެންމެ ހެޔޮ ޢަމަލަކީ ނަމާދު ވަގުތުގައި އަދާކުރުމާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ." މި 2 ކަންތަކަކީވެސް ކުރަން ނުހަނު ފަސޭހަ 2 ކަންތަކެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ވެސް 2 ކަންތަކެވެ. 

ހަމައެކަނި ސަމާލުކަން ދޭން ޖެހެނީ އެ 2 ކަންތައް ބަރާބަރަށް ކުރުމަށެވެ. އެއިން ކަމެއްގައި އިހްމާލް ނުވުމަށެވެ. ފަރުވާ ކުޑަ ނުކުރުމަށެވެ! ނަމަވެސް ހިތާމައަކީ އެހައި ފަސޭހައިން ކުރެވެން އޮތް މި 2 ކަންތައް ކުރުމުގައި ވަރަށް ބޮޑަށް އިހްމާލްވެވެމުން އަންނަ ކަމެވެ. 

އިހްމާލް ވުމަކީ ދުނިޔަވީ ގޮތުން ވެސް ވަރަށް ގެއްލުން ހުރި ކަމެކެވެ. އިހްމާލުވާ މީހަކަށް ރަނގަޅު ދިރިއުޅުމެއްވެސް ނުލިބޭނެއެވެ! ހަރުދަނާ ގޮތުގައި މަސައްކަތެއްވެސް ނުކުރެވޭނެއެވެ! އިހްމާލުވުން މިކިޔަނީ ފަރުވާކުޑަކުރުމަށެވެ. ފަރުވާކުޑަކުރާ މީހަކަށް ހޯދޭނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟ ވީމާ ޒިންމާދާރުވާށެވެ! ޚާއްޞަކޮށް ފަރުޟު ނަމާދު އެ ނަމާދުގެ ވަގުތުގައި ކުރުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގައެވެ! 

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މީހާގެ ހިތުގައި ރަޙުމާއި ކުލުނު އިތުރުވާ ކަމެކެވެ. އެކަމުގެ ފައިދާ އެމީހާގެ ޢާއިލީ ދިރިއުޅުމަށްވެސް ކުރާނެއެވެ. އަދި ޢާންމު ދިރިއުޅުމަށްވެސް ކުރާނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް