އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕްރޮބޭޝަންގެ މުއްދަތު 3 މަހުން 6 މަހަށް އިތުރުކުރުމަކީ މަސައްކަތްތެރީން މިހާރައްވުރެވެސް ނިކަމެތިވާނެ ކަމެއް: އަލީ ހުސައިން

ޕްރޮބޭޝަންގެ މުއްދަތު 3 މަހުން 6 މަހަށް އިތުރުކުރުމަކީ މަސައްކަތްތެރީން މިހާރައްވުރެވެސް ނިކަމެތިވާނެ ކަމެއް: އަލީ ހުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ޕްރޮބޭޝަންގެ މުއްދަތު 3 މަހުން 6 މަހަށް އިތުރުވާ ގޮތައް ގާނޫނަށް ބަދަލު ގެނައުމަކީ މަސައްކަތްތެރީން މިހާރައްވުރެވެސް އިތުރައް ނިކަމެތިވާނެ ކަމެއްކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ. 

އަލީ ހުސެއިން މިހެން ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެންނެވެ.

މި އިސްލާހުގައިވަނީ ޕްރޮބޭޝަންގެ މުއްދަތުކަމުގައި ތިން މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށާއި އެ މުއްދަތު ހަ މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ހެދުމަށެވެ. އަދި ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހާއި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބު ކުރެވޭނެ ގޮތާއި، އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތުތަކާއި، ޗުއްޓީ ލިބޭ ގޮތާއި، މުވައްޒަފުގެ އަހުލާގާއި ގުޅޭ ގޮތުން އޭނާއާ މެދު ފިޔަވަޅު އެޅިދާނެ އުސޫލުތައް ވަޒީފާގެ އެއްބަސްވުމުން އުނިކުރަން ވެސް މި އިސްލާހު ހުށަހަޅާފައި ވެއެވެ.

އަލީ ހުސެއިން ވިދާޅުވީ މި އިސްލާހުގެ ސަބަބުން މަސައްކަތްތެރީން މިހާރައްވުރެވެސް އިތުރައް ނިކަމެތިވާނެ ކަމެއްކަމަށާއި ބައެއް ތަންތަނުގައި ކެޝުއަލް ސްޓާފުންގެ ގޮތުގައި މިހާރުވެސް 3 މަހަށް ވުރެ ގިނަދުވަސްވަންދެން ދާއިމީ ނުކޮށް މަސައްކަތް ކުރުވާކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު