އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެމްއޭގެ މައި ހިއްސަދާރާ މަޖިލީހާ ސީދާ ގުޅިއްޖެ! ޓީއެމްއޭގެ މައްސަލައިގަ މަޖިލީހުގެ ރިޔާސަތުން މިއަދު ދެއްކީ ތެދު ވާހަކައެއް ނޫން!

ޓީއެމްއޭގެ މައި ހިއްސަދާރާ މަޖިލީހާ ސީދާ ގުޅިއްޖެ! ޓީއެމްއޭގެ މައްސަލައިގަ މަޖިލީހުގެ ރިޔާސަތުން މިއަދު ދެއްކީ ތެދު ވާހަކައެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

އެމްއޭސީއެލްއަށް އަހަރަކު 55 މިލިއަން ޑޮލަރު ގެއްލުންވާ ގޮތަށް ސީޕްލެނާ ޓަރމިނަލް ޓީއެމްއޭއަށް ދޭން އުޅޭ މައްސަލައިގައި " އޭސީސީން އެކުލަވައިލި ރިޕޯޓް ސިއްރު ރިޕޯޓެއްގެ ގޮތުގައި މިދިއަ ބުރާސްފަތި ދުވަހު މަޖިލީހަށް ލިބިފައިވާ ކަމަށާއި އަދި ރިޕޯޓް ކޮމިޓީއަށް ހިއްސާކުރެވިފައިވާ ކަމަށާއި ސިއްރު ރިޕޯޓު މަޖިލީހުގެ މެންބަރުންނާއިވެސް ހިއްސާކުރަން ބޭނުންވާ" ކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އިއުލާނުކުރައްވައިފައެވެ.

މިއަދުނޫހަށް ވަރަށް ޔަޤީންކަމާއިއެކު ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އޭސީސީ އިން ބުރާސްފަތި ދުވަހު ހުށަހެޅީ ރިޕޯޓެއް ނޫނެވެ. ބަލަމުންދާ ޓީއެމްއޭގެ ބޮޑު ޖިނާޢީ މައްސަލައިން ދައުލަތަށް ބޮޑެތި ގެއްލުންތަކެއްވާކަން ފާހަގަކުރެވޭ ކަންތައްތަކެކެވެ. އޭސީސީ ޖިނާޢީ ޟައްސަލައެއްގެ ގޮތުގައި ތަޙްޤީޤްކުރިއަށް ގެންދާތީ މައްސަލައިގެ އެއްވެސް ރިޕޯޓެއް އެއްވެސް ފަރާތަކލާއި ޙަވާލުނުކުރަން ނިންމައިފައިވާކަމަށްވެސް މިއަދުނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

މަޖިލީހުން ސިއްރުކުރިނަމަވެސް އޭސީސީއިން ވަނީ މިކަމުގެ ވަރަށް ގިނަ މައުލޫމާތު ޢާންމުކޮށް ރައްޔިތުންނަށް ދޭން އުޅޭ ބޮޑޫ ގެއްލުން ޢާންމުކޮށް ހާމަކޮށްފައެވެ.

ޓީއެމްއޭއަށް ޓަރމިނަލް ބޭނުންވެގެން ޓަރމިނަލް ހޯދަން ޓީއެމްއޭ އިން ކުރަމުން ގެންދާ މަސައްކަތާއި މަޖިލީހުގެ އިދާރާ އާއި ސީދާ ގުޅިފައިހުރިކަން ވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވައިފައެވެ. "ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ އެމެރިކާގެ ބެއިން ކެޕިޓަލުން މައުލޫމާތުތަކެއް މަޖިލީހާ ހިއްސާކޮށްފައިވާ" ކަން ރައީސް ނަޝީދު މިއަދު ވަނީ އިޢުލާނު ކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް