އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަރުޟުތައް އަދާކުރާނެ ވަގުތު ހޯދީމާ ބޮޑެތި ކާމިޔާބީތައް ޙާޞިލުކުރަން ފަސޭހަވެފައި ލިބޭ ފައިދާވެސް ގިނަވާނެއެވެ!: މުފްތީ މެންކް

ފަރުޟުތައް އަދާކުރާނެ ވަގުތު ހޯދީމާ ބޮޑެތި ކާމިޔާބީތައް ޙާޞިލުކުރަން ފަސޭހަވެފައި ލިބޭ ފައިދާވެސް ގިނަވާނެއެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

މުސްލިމުންނަކީ ކޮންމެ ދުވަހަކުވެސް ވަކި ކަންތައްތަކެއް ކުރަން ޖެހޭ ބައެކެވެ. ފަރުޟުތައް އަދާކުރަން ޖެހޭ ބައެކެވެ. އެކަން ނުކުރެވޭނަމަ އެމީހާގެ ޙަޔާތް އެދަނީ ފޭލިވަމުންނެވެ. ގިނަ ބއަކު ފޭލިވަމުންދާ އެންމެ ބޮޑު އެއް ސަބަބަކީ ކުރަން ބޭނުންވާ ކަންކަން ނުވަތަ މަސައްކަތް ގިނަވުމެވެ. ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ގިނަވުމުން އަޅުކަން ކުރަން ވަގުތު ދިނުން އުނދަގޫ ކަމަކަށްވުމެވެ.

ދިރިއުޅުމުގައި ހަމަޖެހުމެއް ނުލިބޭ އެންމެ ބޮޑު އެއް ސަބަބަކީ ޙާޞިލުކުރަން ބޭނުން ކަންކަން ގިނަކުރުމެވެ. ކޮންމެ ގޮތަކުން ނަމަވެސް ވަކި ކަންތައްތަކެއް ޙާޞިލުކުރަން ބޭނުންވެވުމެވެ. ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން މަސައްކަތް ކުރުމުން ވެސް ޙާޞިލު ނުކުރެވުނު ނަމަ އެކަން ދޫކޮށް އެހެން ކަމަކާއިމެދު ވިސްނަން ފެށުމުގެ ފިކުރު ނުގެންގުޅެވޭ ކަމެވެ.

ޙާޞިލުކުރަން ކުރިން މަސައްކަތްކުރި ކަންކަން ޙާޞިލުނުވެ ހުއްޓައި ކޮނަމެ ދުވަހަކު އިތުރު ކަންތައްތަކެއް ޙާޞިލުކުރަން މަސައްކަތް ފެށުމުގެ ވިސްނުން ދޫކޮށްލާށެވެ! ޙާޞިލު ނުކުރެވި ހުރި ކަންކަމުން ބައެއް ސިކުނޑިން ފުހެލައި ސިކުނޑިއަށް ލުއިކަން ދޭށެވެ! ނޫން ނަމަ ސިކުނޑިއަށް ބުރަ ބޮޑުވަމުން ގޮސް ލޯޑް މާމަތިވެ ފިޔުޒް ހިނގައިދާނެއެވެ! ޞިއްޙީ ގޮތުން ބުނާނަމަ ސްޓްރޯކެއްވެސް ޖެހިދާނެއެވެ.

ހުރިހާ ވަސީލަތްތައް އަތުގައި ހުރެފައި ކިތަންމެ ބޮޑަށް ބޭނުންވި ނަމަވެސް ކުރަން ބޭނުން ހުރިހާ ކަމެއް ހާޞިލުކުރުމަކީ ހަމައެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ތިމާޢަށް ޙާޞިލުކުރެވޭނެ ވަރަށް ކަންކަން ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެއިރުން ފަރުޟުތައް އަދާކުރާނެ ވަގުތުވެސް ހޯދޭނެއެވެ. ޢާއިލާ އާއިއެކު ވަގުތު ހޭދަކުރާނެ ފުރުޞަތުވެސް ހޯދޭނެއެވެ. ލިބޭ ނިޢްމަތްތައްވެސް އިތުރުވާނެއެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް