އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ނީނާ" ގަ ނުޒޫގެ ފެނިލުން ތިން ގޮތަކަށް! އެއް ފެނިލުމުގަ ހުންނާނީ އިސްތަށިގަނޑު ކޮށާލާފަ!

"ނީނާ" ގަ ނުޒޫގެ ފެނިލުން ތިން ގޮތަކަށް! އެއް ފެނިލުމުގަ ހުންނާނީ އިސްތަށިގަނޑު ކޮށާލާފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 11 ސިކުންތު

"ބަވަތި" ގެ ކާމިޔާބީއަށްފަހު މިހަރު ގިނަ ބެލުންތެރިން އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމަކީ، އައިފިލްމްސްގެ ދެވަނަ އުފެއްދުން ކަމަށްވާ "ނީނާ" އަށެވެ.

ނުޒުހަތު ޝުއައިބް (ނުޒޫ) އާއި ޝަރަފް އަބްދުﷲ އެކުގައި ފެނިގެންދާ މިފިލްމުގައި ޚާއްސަ ކަންތައްތަކެއްވާކަން މިހާތަނަށް ފިލްމާއި ގުޅޭގޮތުން ފެނުުނު ފޮޓޯތަކާއި ޚަބަރުތަކުން ވެސް ވަނީ އެނގިފައެވެ.

އޭގެތެރެއިން އެއްކަމަކީ، ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ނުޒޫ، މިފިލްމުގައި ފެނިގެންދާ ތަފާތު ގޮތެވެ. ފަހަކަށް އައިސް ފިލްމުގެ ޝޫޓިން އަށް ތައްޔާރުވަމުން ދިޔައިރު ނަގާފައިވާ ބައެއް ފޮޓޯތަކުގައި ނުޒޫ ފެންނަނީ ބޮލުގައި ބީނީއެއް އަޅައިގެން އަބަދުވެސް އިސްތަށިގަނޑު ފޮރުވައިގެން ހުށްޓައެވެ.

އެކަމާއިމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާ، "ނީނާ" މިފިލްމަށް ނުޒޫ އިސްތަށިގަނޑު ބޭލީ ކަމަށް ވެސް ބުނެފައެވެ. އެސުވާލުތަކަށް ޖަވާބު ދެމުން ފިލްމުގެ ޕްރޮޑިއުސަރ އިލްޔާސް ވަހީދު (އިއްލެ) ބުނީ މިފިލްމުގައި ނުޒޫގެ ފެނިލުން ތިން ގޮތަކަށް (3 ލުކްއެއް) ހުންނާނެ ކަމަށާއި، އޭގެ ތެރެއިން އެއްގޮތަކީ ނުޒޫގެ އިސްތަށިގަނޑު ކޮށާލާފައި ހުރުން ކަމުގައެވެ.

"ނީނާ" ގެ ތަފާތުކަން ނުޒޫގެ އިސްތަށިގަނޑާއި ހަމައަކުން ނުނިމެއެވެ. ދިވެހި ފިލްމީ ތާރީޚުގައި ފިޔަޖަހަމުން އައި ރަން ތަރިއެއް ކަމަށްވާ މަރިޔަމް ރަޝީދާ ވެސް މިފިލްމުން ފެނިގެންދާނެއެވެ. ރަޝީދާ އެންމެ މައްޝޫރުވެފައިވަނީ ދިވެހި ފިލްމީ ދުނިޔޭގެ ރަންޒަމާނުގެ އެންމެ "ހިޓު" އެއް ތަރި ކަމަށްވާ "ހާޖަރާ" އާއެކު ކުޅެފައިވާ ފިލްމަކުންނެވެ. އެފިލްމުގައި ހާޖަރާ ބުނާ އެއް ޑަޔަލޮގް ކަމަށްވާ "އޭބަލަ ލަތީފާ، ކިހިނެއްވެފައިތަ ތިހުރީ" ޑަޔަލޮގުން، މަރިޔަމް ރަޝީދާ ވަނީ ފިލްމީ ދުނިޔޭގައި ހޫނު ތަރުހީބެއް ހޯދާފައެވެ. އޭގެ ފަހުން 30 އަހަރަށްފަހު، ރަޝީދާ ދެން ފެނިގެންދާނީ އިއްލެެ "ނީނާ" މިފިލްމުންނެވެ.

"ނީނާ" ގެ ޝޫޓިން މިދިޔަ ހަފްތާގައި ނިމިފައިވާއިރު، ފިލްމު ޝޫޓް ކޮށްފައިވަނީ މާލޭގައާއި ލ. އަތޮޅުގައެވެ. އެގޮތުން މާލޭގައި ވާނީ 10 މިނެޓުގެ ޝޫޓެއް ކަމުގައި ވެސް އިއްލެ ބުނެފައިވެއެވެ.

"ބަވަތި" އަށް ލިބުނު ހޫނު ތަރުހީބަށްފަހު "ނީނާ" އަށް ވެސް ބެލުންތެރިން ކުރާ އުންމީދު ބޮޑެވެ. އެންމެ ބޮޑަށް މިހާރު ބެލުންތެރިން ކުރަމުން އަންނަ އިންތިޒާރަކީ ފިލްމު އަޅުވާނެ ތާރީޚެއް އެނގުމެވެ.

"އޮލިމްޕަހުން އަދި ވަކި ޖަވާބެއް ނުލިބިގެން މިމަޑު ކޮށްލަނީ. ޖަވާބެއް ލިބުނުހާ އަވަހަކަށް ފައިނަލް ޓްރެއިލާއާއެކު، ފިލްމު ރިލީޒް ކުރާނެ ތާރީޚެއް ވެސް އާންމުކުރާނަން. ވަރަށް އަވަހަށް އެކަމަކު ފިލްމުގެ ޓީޒަރ ނެރޭނަން" ފިލްމާއިމެދު މައުލޫމާތު ދެމުން އިއްލެ ބުންޏެވެ.

ކްރައިމް އަދި ތްރިލާ ޖާންރާއަކަށް އުފައްދާ މިފިލްމުގައި ނުޒޫ އާއި ޝަރަފްގެ އިތުުރުން ފެނިގެންދާނީ ޖުމައްޔިލް ނިމާލް، މަރިޔަމް ރަޝީދާ، ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމްއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ