އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުގެ އިންޞާފު!: ރާއްޖެއަށް އެންމެ ގިނައިން އަންނަ ޗައިނާ ފަތުރުވެރިން ހުއްޓުވުން ބަރާބަރު! އިޓަލީ ހުއްޓުވައިގެން ނުވާނެ!

މަޖިލީހުގެ އިންޞާފު!: ރާއްޖެއަށް އެންމެ ގިނައިން އަންނަ ޗައިނާ ފަތުރުވެރިން ހުއްޓުވުން ބަރާބަރު! އިޓަލީ ހުއްޓުވައިގެން ނުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

މިފަދަ ދަނޑިވަޅެއްގައިވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިއަދު ފެނިގެން ދިއައީ ވަރަށް އާދަ އާއި ޚިލާފް އިންޞާފެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ފޮނުވުމުގައި ފާއިތުވި 8 އަހަރު ރެކޯޑް ހޯދާފައިވާ ޗައިނާ އިން ފަތުރުވެރިން އައުން މަނާކުރަން ޖެހުމުން އެއީ ހަމަ އެއްވެސް ކަމަކަށް މަޖިލީހަކަށް ނުވިއެވެ. މަރުޙަބާއެވެ! އަވަހަށް މަނާކޮށްލަންވީއެވެ! ހަތަރެސްފައިން ތާއީދެވެ!

އިޓަލީ، ކޮރެއާ ފަދަ ޤައުމުތަކުގެ ފަތުރުވެރިން އައުން މަނާކުރުމުން އެކަން މަޖިލީހުގެ ބައެއް މެންބަރުންނަށްވެސް މަޖިލީހުގެ ރިޔާސަތަށްވެސް ވީ ވަރަށް ކަމުނުދާ ކަމަކަށެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް މިއަދު ވަނީ އިއުލާނުކޮށްފައެވެ.

" ކޮރޯނާވައިރަސް ރާއްޖެ އަށް އަޔަނުދޭން ވަކި ގައުމަކުން މީހުން އައުން ހުއްޓުވުމަކީ ހައްލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ."

ވީމާ އެނގިގެން މިދިއައީ ޗައިނާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ބަލައިގަންނަ ޤައުމެއް ނޫން ކަމެވެ. ބަލައިގަންނަ ޤައުމެއްނަމަ ޖަނަވަރީ މަހުން ފެށިގެން މިހައިތަނަށް އެވާހަކަ މިއަދު އެ ދައްކަވާ ގޮތަށް ނުދައްކަވައެއް ނުހުންނަވާނެއެވެ. ޗައިނާގެ ފަތުރުވެރިން ރާއްޖޭގައި ކުރާ ހޭދައިން ޤައުމުގެ އިޤްޠިޞާދަށް ފައިދާކުރާކަމަށް މަޖިލީހުގެ ރައީސް ޤަބޫލުފުޅު ނުކުރައްވާ ކަމެވެ.

ކަރަންޓީނު ކުރުމާއި ބެހޭ ގޮތުން ރަސޫލް (ޞޢވ) ކުރައްވަވާފައިވާ ޙަދީޘްފުޅަށް ފައުޅުގައި އިންކާރުކުރައްވާ ބޭފުޅަކު ޗައިނާއަކީ ޤައުމެއް ކަމަށް ޤަބޫލުފުޅު ނުކުރެއްވުމަކީ ކަންބޮޑުވާން ޖެހެންވީ ކަމެއް ވެސް ނޫނެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެނގިވަޑައިނުގެންނެވި ނަމަވެސް ބަލި އެންމެ ބާރުމިނުގައި ފެތުރެމުން އައި ޗައިނާއިން ހޯދި އެންމެ ބޮޑު ކާމިޔާބީ ޙާޞިލުކުރެވުނީ ބަލި ފެތުރިގެން އައި ވޫހާން ސިޓީ އެކުގައި ކަރަންޓީނުކުރުމުންނެެވ. އަދި ދެންވެސް ކުރަން ޖެހުނު ސަރަހައްދުތައް ކަރަންޓީނު ކުރުމުންނެވެ.

ޗައިނާއިން މި ފިޔަވަޅުތައް އެޅީ ނުރައްކާތެރި ބަލިތައް ފެތުރޭނަމަ އެ ސަރަހައްދެއް ކަރަންޓީނު ކުރަން ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅެއް އޮތްކަން އެނގިތިނބެގެން ނޫން ކަމަށްވެދާނެއެވެ! ނަމަވެސް އިއްޔެ ސައުދީޢަރަބިޔާއިން ޤާޠިފް ކަރަންޓީޏު ކުރީ ޙަދީޘްފުޅަށް އަމަލުކުރުމަށެވެ.

ނުއެނގިތިބެ ނަމަވެސް ޗައިނާއަށް އެ ޙަދީޘްފުޅަށް އަމަލުކުރެވުނުކަން އެއީ ޗައިނާއަށްވެސް، މުޅި ދުނިޔެއަށް ވެސް އެންމެ ފައިދާކުރި ފިޔަވަޅަށް ވަނީ ވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް