އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު
"ކޮރޯނާ ވައިރަސް އާއިމެދު އެހައި ބޮޑަށް ނުވިސްނާށެވެ! އެއީ ﷲ ތައާލާ ކުރިމަތިކުރައްވަވާފައިވާ އިމްތިޙާނެކެވެ. މި އިމްތިޙާނުގެ ސަބަބުން އަހަރެމެންގެ އީމާންކަން ހުރި މިންވަރު އެނގިގެންދާނެއެވެ.
ހިތާމައަކީ އަހަރެމެން ފޭލްވަމުންދާކަމެވެ. މީސްތަކުން ހާސްވެ ކަންބޮޑުވެ އެއްޗެތި ގަނެ ޖަމާކުރުން ފަދަ ކަންކަން ކުރާ މިންވަރު ނިކަން ދެކިބަލާށެވެ! އަހަރެމެންނަކީ އަހަރެމެންނަށް ބޭނުންވާ ކަންކަން އެހެން މީހުންނަށް ލިބުމަށް އެދެން ޖެހޭނެ ބައެކެވެ. އަހަރެމެންނަކީ (އެގޮތަށް ޢަމަލުކޮށްގެން) ﷲ ﷲ ތައާލާ އާއި ކުއްތަންވުމަށް މަސައްކަތް ކުރަން ޖެހޭނެ ބައެކެވެ." –މުފްތީ މެންކް
މުފްތީ މެންކް ނަޞޭޙަތްތެރިވެވަޑައިގެންފައި އެވަނީ ތަކެއްޗަށް ދަތިވާނެ ކަމުގެ ބިރު އޮތްއިރު ކުރިއާލައި ގަނެ ޖަމާ ނުކުރުމަށެވެ. މުސްލިމުންގެ ގޮތަކީ އެހެން މީހުންނަށްވެސް ފޯރުވައިދޭން މަސައްކަތްކުރުން ކަމަށްވާތީއެވެ.
ހަމައެއާއިއެކު ކުރިމަތިކުރައްވަވާފައި މިވަނީ ވަރުގަދަ އިމްތިޙާނެއް ކަމެވެ. އަހަރެމެންގެ ކިބައިގައި އީމާންތެރިކަން ހުރި މިންވަރު އެނގިގެންދާނެ އިމްތިޙާނެއް ކަމެވެ. އިލްތިމާސް ކުރައްވާފައި އެވަނީ ހާސްވެ ކަންބޮޑުވެގެން ނުއުޅުމަށެވެ.
Advertisement
21 މާޗް 2020