އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ނޫން ފަރާތަކަށް ބަރޯސާވެގެން ޙައްލެއް ނެތް ކަމުގެ ހެކިތައް ގެންދަވަނީ ދައްކަވަމުން!: މުފްތީ މެންކް

ﷲ ނޫން ފަރާތަކަށް ބަރޯސާވެގެން ޙައްލެއް ނެތް ކަމުގެ ހެކިތައް ގެންދަވަނީ ދައްކަވަމުން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

މިއީ ކޮންމެ މީހަކުވެސް އެމީހާގެ ޙާލަތު ބަޔާންކޮށް ﷲ ތައާލާއަށް ގިނަގިނައިން ދުޢާކޮށް އާދޭސް ދެންނެވުމުގެ ވަގުތެވެ. ﷲ ތައާލާ އާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރަންވީ ވަގުތެވެ. އެކަމަށް އެމީހަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަންވީ ވަގުތެވެ. 

މިއީ އެހެން ހުރިހާ ކަމަކަށްވުރެ ﷲ ތައާލާއަށް ބަރޯސާވުން އިސްކުރަންވީ ވަގުތެވެ! އެހެން ކިތަންމެ ގިނަ ފަރާތަކަށް ބަރޯސާވި ނަމަވެސް އެއްވެސް ޙައްލެއް ނެތްކަމުގެ ހެކިތައް ﷲ ތަޢާލާ ދައްކަވަމުން ގެންދަވާއިރު އެކަމަށް ސަމާލުކަންދޭންވީ ވަގުތެވެ. 

ތިބާގެ ހިތުގައި އުފެދިފައިވާ ހާސްކަމާއި ކަންބޮޑުވުންތަކަށް ތަސައްލީއެއް މިންވަރުކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! އަދި އެ ދުޢާމަތީގައި ސާބިތުވެ ހުންނާށެވެ! ބިރުގަންނަންވީ ޖެހިދާނެ ބަލިމަޑުކަމަކަށް ނޫނެވެ! ބިރުގަންނަންވީ ޤިޔާމަތް ދުވަހަށެވެ. އެދުވަހު ތިމާއަށް މެދުވެރިވެދާނެ ގޮތަކަށެވެ. 

ޔަޤީންކުރާށެވެ! އަހަރެމެން އެންމެންނަށް އުޅެންޖެހިފައިވާ ޙާލަތު ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަލާނގެ ރުއްސެވުން ލިބިއްޖެ އަޅަކަށް މެނުވީ ސަލާމަތްކަމެއް ނެތެވެ. ހިނިތުންވުން ލިބެން އޮތީ ﷲ ތަޢާލާ މިންވަރުކޮށްދެއްވެވުމުންނެވެ. ހިތްހަމަޖެހުމާއި ހިނިތުންވުން ލިބެން އޮތީ ހަމަ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ! 

- މުފްތީ މެންކުގެ ނަޞޭޙަތެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް