އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަތްމަތި ދަތިވެދާނެކަމަށް ބިރުން ޞަދަޤާތް ނުކޮށް ހުއްޓާ ބަލިޖެހި މަރުވެއްޖެ ނަމަ ކުރަން ޖެހޭ ހިތާމަ މާބޮޑުވާނެ!: މުފްތީ މެންކް

އަތްމަތި ދަތިވެދާނެކަމަށް ބިރުން ޞަދަޤާތް ނުކޮށް ހުއްޓާ ބަލިޖެހި މަރުވެއްޖެ ނަމަ ކުރަން ޖެހޭ ހިތާމަ މާބޮޑުވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ހަމަ ކޮންމެ މީހަކުވެސް މިއަދު ހުރީ ތިމާ ޕޮޒިޓިވްވެދާނެ ވަގުތުގެ ބިރުބިރުވެރިކަމުގައެވެ. އެކަމުގެ ބިރުވެރިކަން ނެތް ހަމަ އެކަކުވެސް ނެތެވެ. ވީމާ މިފަދަ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ދުނިޔޭގެ އެންމެން ތިބި ވަގުތެއްގައި އެންމެ ބޮޑަށް ސަމާލުކަންދޭންވީ ދީލަތިވެ އެހެން މީހުންނަށް އެހީތެރިވުމަށެވެ. 

މީސްތަކުންނޭވެ! ކޮރޯނާ ވައިރަސް ދުނިޔެއިން ފެނި އަދި ފެތުރުމަކީ ޤިޔާމަތްވުން ކަމަށް (މީސްތަކުންގެ ނިމުން ކަމަށް) ނުދެކޭށެވެ! ﷲ ތައާލާގެ ވާގިފުޅާއިއެކު އަދި އަހަރެމެންނަށް  ދުނިޔޭގައި ތިބެވޭނެއެވެ. އިން ޝާ ﷲ 

ވީމާ މިއީ ދަހިވެތިވެ މުށްބާރުކުރަންވީ ވަގުތެއް ނޫނެވެ. މުށްތައް ހުޅުވައި ދީލަތިވާންވީ ވަގުތެވެ. ރުޅިވެރިވެރިވެ ޢަދާވާތްތެރިވާންވީ ވަގުތެއްވެސް ނޫނެވެ. އެންމެން އެކުވެރިވާންވީ ވަގުތެވެ. މީހާގެ ދީނަށް ނުވަތަ ނަސްލަށްވެސް ނުބަލާށެވެ! ކޮންމެ މީހަކީ ވެސް ތިމާ ފަދަ އިންސާނެއް ކަމަށް ބަލާށެވެ! ތިމާއަކީވެސް އަދި ކޮންމެ މީހަކީވެސް ކޮންމެ މީހަކީވެސް ކޮންމެ ވަގުތަކު ވެސް ކޮރޯނާ ވައިރަސްގެ ޝިކާރައަކަށް ވެދާނެ ކަމަށް ބަލައިގެން މީސްތަކުންނަށް އެހީތެރިވާށެވެ! 

ދުނިޔޭގެ ޙާލަތު ބަދަލުވެ ދިރިއުޅުމަށް ދަތިވެދާނެކަމަށް ބަލައި އެއްވެސް މީހަކަށް ދެރަގޮތެއް ނުހަދާށެވެ! އެހީތެރިނުވެ ފަހަތަށްވެސް ނުޖެހޭށެވެ! އެހީތެރި ނުވެ ހުއްޓައި ބަލީގެ ޝިކާރައަކަސް ތިމާވެ، މަރުވާން ޖެހިއްޖެ ނަމަ ކުރަން ޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ! ވީމާ މިއީ ދީލަތިކަން އިތުރުކުރުމުގެ ވަގުތެވެ! ވިސްނާށެވެ! ތިބާ ކުރާ ޞަދަޤާތަކީ ތިބާއަށް ބަލި ނުޖެހުމަށް މެދުވެރިވާ ސަބަބަކަށްވެސް ވެދާނެއެވެ! އެކަމަށް އުންމީދުކުރާށެވެ! ﷲ ތައާލާއަށްޓަކައި ޞަދަޤާތް ކުރުމުން އެއިގެ ބަދަލު ހީވެސް ނުކުރާހައި ގޮތްގޮތުން ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެތެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް