އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތް ޙާޞިލުކުރަންވީ އިންސާނާގެ ނިކަމެތިކަމުންނެވެ! ކުރަން ހުރި ކަންކަން ވަރަށް ގިނައެވެ!: ޝައިޚް އާދަމް ނިޝާން

ޢިބްރަތް ޙާޞިލުކުރަންވީ އިންސާނާގެ ނިކަމެތިކަމުންނެވެ! ކުރަން ހުރި ކަންކަން ވަރަށް ގިނައެވެ!: ޝައިޚް އާދަމް ނިޝާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

"މީސްތަކުންނަށް މިއަދު މިވަނީ އެމީހުންގެ ދަރަޖަ ވަރަށް ބޮޑަށް އޮޅިފައެވެ. އުސްކޮށް އިންތިހާއަށް ފުރިހަމައަށް ބިނާކުރެވިފައިވާ ޢިމާރާތްތަކުގައި ދިރިއުޅެވި ފްލައިޓުތަކުގައި އުދުހެވެން ފެށުމުން އެމީހުންގެ ވިސްނުން ނުވަތަ ހިތްތައް މިވަނީ އާސްމާނަށް (އިމެއް ނެތި މައްޗަށް) އަރައިފައެވެ. 

އުފެދިގެން އައީ ވަރަށް ނިކަމެތި ޙާލުގައެވެ. ފެންތިއްގެ ސަބަބުންނެވެ. އުފެދި ނިމިދަނީވެސް ހަމަ އެފަދަ ނިކަމެތި ގޮތަކަށެވެ. 

އިންސާނާގެ އުމުރުން ވަކި ހިސާބަކަށް ހަށިގަނޑަށް އާރާއި ބާރު ލިބިގެންއާދެއެވެ. އެއަށްފަހު ބަލަން ހުއްޓައި ނިކަމެތިވެ ބަލިކަށިވާން ފަށައެވެ. ބަލަބަލައި ހުއްޓާ މީހާ މުސްކުޅިވެ ބަލިކަށިވެގެންދެއެވެ. އުމުރުގެ ވަކި ހިސާބަކުން ކުޑަކުއްޖެގެ ޙާލަތަށް މީހާ ބަދަލުވެގެންދެއެވެ." 

މިއީ މިހާރު މިސްކިތްތަކުގައި ދަރުސް ނުދެވޭތީ މިއަދުނޫހާއި އަލްކައުން ގުޅިގެން ދެމުން އައި ދަރުސް ސީރީޒް މިވަގުތު މެދުކެނޑިފައިވުމުން ޔޫޓިޔުބް މެދުވެރިކޮށް ގެނެސް ދޭ މިއަދުގެ ދަރުސްގެ ތެރެއިން މިންވަރެކެވެ. 

މިއަދުގެ ދަރުސްވެސް ދެއްވާފައިވަނީ ޝައިޚް އާދަމް ނިޝާންއެވެ. ދަރުސްގައި ޝައިޚް ވަނީ އަޅުގަނޑުމެން އިންސާނުން ޢިބްރަތް ޙާޞިލުކުރަން ޖެހޭ އެތައް ކަމެއް ފާހގަގަކުރައްވައި އަމަލުތައް ބަހައްޓަންވީ ގޮތުގެ މައްޗަށް އިރުޝާދު ދެއްވަވައިފައެވެ.

ޝައިޚް އާދަމް ނިޝާންގެ ދަރުސް: 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް