އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުފްތީ މެންކް "އީ ޚުޠުބާ" އެއް ދެއްވައިފި!‍ - ގޭގައި މަޑުކޮށްގެން ޝަހީދެއްގެ ދަރަޖަ ހޯދާށެވެ!

މުފްތީ މެންކް "އީ ޚުޠުބާ" އެއް ދެއްވައިފި!‍ - ގޭގައި މަޑުކޮށްގެން ޝަހީދެއްގެ ދަރަޖަ ހޯދާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

އިމާމް މުފްތީ މެންކް ގޭގައި ހުންނަވައިގެން ހުކުރު ދުވަހު "އީ ޚުޠުބާއެއް" ދެއްވައިފިއެވެ. 

"މީސްތަކުންނޭވެ! އެންމެ މުހިންމު ކަމަކީ ތަޤްވާވެރިކަން އިތުރުކުރުމެވެ. އެއީ ތިމާ އުފެދުނު ގޮތާއި މަރުވެގެންދާން ޖެހޭނީ ކޮންތަނަކަށް ކަމާއިމެދު ވިސްނައި ފިކުރުކުރުމެވެ. ތަޤްވާވެރިވުމަށް ބުނެވޭ ބަހުގެ މާނައަކީ ﷲ ތަޢާލާ އާއި ކުއްތަންވާން ގަދައަޅައި މަސައްކަތްކުރުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމަކީ ތިއަބައިމީހުންނަށާއި ތިމަންނައަށް ﷲ ތަޢާލާ ކުރައްވަވާފައިވާ ވަރަށް ގަދަފަދަ އަމުރުފުޅެކެވެ. 

މިއަދަކީ މާރިޗް 27 ވީ ހުކުރު ދުވަހެވެ. އަހަރެމެންނަކީ ހުކުރު ދުވަހުގެ އަޅުންނެއް ނޫނެވެ. ﷲ ތަޢާލާގެ އަޅުންނެވެ. އަހަރެމެންނަށް އޮތީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމާއި ހަނދާންކޮށްދިނުމެވެ. އެއީ މީސްތަކުންނަށް އެންމެ ފައިދާކުރާނެ ކަންތަކެވެ. ވީމާ އަހަރެން ގޭގައި ހުރެގެން މިކުރާ ކަމަކީ މީސްތަކުންނަށް ހަނދާންކޮށް ދިނުމެވެ." 

ﷲ ތަޢާލާގެ ވާގިފުޅާއިއެކު މިހާލަތުން އަރައިގަނެވޭނެއެވެ. އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ބައަކަށް ބަލި ޙާލުގައި އުޅެން ޖެހޭނެއެވެ. މާލީ ދަތިތައް ކުރިމަތިވާނެއެވެ. ބައަކު މަރުވެއްޖެއެވެ. އަދިވެސް މަރުވާނެއެވެ. ނަމަވެސް ބަލި ފެތުރޭނެ ރިސްކްތައް ނެގުމެއް ނެތެވެ. މީގެ 1400 އަހަރުކުރިން ރަސޫލް (ޞޢވ) ވަނީ މިހާލަތުގައި ގޭގައި މަޑުކުރަން ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

މިއަދު އެންމެ މުއްސަނދި މީހާއިން ފެށިގެން އެންމެންވެސް ބުނަމުން އެގެންދަނީ ސަލާމަތްކަން ލިބިގަތުމަށް ގޭގައި މަޑުކުރުމަށެވެ. ފަޤީރުންވެސް ހަމަ ބުނަމުން އެގެންދަނީ އެއް ވާހަކައެކެވެ! އެންމެ ބާރުގަދަ މީހުންނާއި އެންމެ ބަލިކަށި މީހުންވެސް ބުނަމުން އެގެންދަނީ އެއް ވާހަކައެކެވެ. އަދި ހުރިހާ ދީންތަކެއްގެ މީހުންވެސް ބުނަމުން ގެންދަނީ ހަމައެއް ވާހަކައެކެވެ! 

ޙަދީޘްފުޅުގައި އޮތީ ކެތްތެރިވެ ގޭގައި މަޑުކުރި މީހާއަށް ޝަހީދެއްގެ ދަރަޖަ ދެއްވަވާނެ ކަމަށެވެ! ކޮންފަދަ މަތިވެރި ދަރަޖައެއް ހެއްޔެވެ! މިހައި މަތިވެރި ދަރަޖައެއް ލިބިގެން އެދަނީ ގޭގައި ހުރުމަކީ ދަތި އުނދަގޫ ކަމަކަށްވާތީއެވެ. އަހަރެމެންނަކީ ގޭގައި ތިބެން އާދަވެފައި ތިބި ބައެއް ނޫނެވެ.  

ނިކަން ބަލައިލަބަލާށެވެ! އެންމެ މުސްނދިން އެމީހުންނަށް ލިބިފައިވާ ބޮޑު މުއްސަނދިކަމާއިއެކުވެސް މިވަނީ ގޭގައި ތިބެން ޖެހިފައެވެ! މިވަގުތު އެންމެ ސަލާމަތްތަނަކީ ތިބާގެ އެންމެ ލޯބިވާ މީހުންނާއިއެކު ދިރިއުޅޭ ތިބާގެ ގެއެވެ! އެކަނި ދިރިއުޅުނު ނަމަވެސް އެމީހަކު ދިރިއުޅޭ ގެއެވެ. މާތް ﷲ އަހަރެމެންނަށް ކަންކަން ފަސޭހަކޮށްދެއްވަވާނދޭވެ! 

ހުކުރު ދުވަހު މެންކް ދެއްވި "އީ ޚުޠުބާ"އިން

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް