އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޭލާށެވެ! ބޮލުން އިސްތަށްޓެއް ވެއްޓޭހައި ފަސޭހައިން ކޮންމެ ފަދަ މުޞީބާތެއްވެސް މެދުވެރިވެދާނެއެވެ!: މުފްތީ މެންކް

ހޭލާށެވެ! ބޮލުން އިސްތަށްޓެއް ވެއްޓޭހައި ފަސޭހައިން ކޮންމެ ފަދަ މުޞީބާތެއްވެސް މެދުވެރިވެދާނެއެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

"ކޮންމެ ވަގުތަކު ކޮންމެ ކަމެއްވެސް މެދުވެރިވެދާނެއެވެ. ބޮލުން އިސްތަށްޓެއް ވެއްޓޭހައި ފަސޭހައިން ކޮންމެ ފަދަ މުޞީބާތެއްވެސް މެދުވެރިވެދާނެއެވެ. ކިތަންމެ ކުޑަ ވަގުތުކޮޅެއްގެތެރޭގައިވެސް މެދުވެރި ނުވާނެ ކިތަންމެ ބޮޑު މުޞީބާތެއްވެސް ނުވެއެވެ.

މާދަމާ ލިބޭނެ ކަމުގެ ޔަޤީންކަން އޮތް ހަމައެކަކުވެސް ނުވެއެވެ. ވީމާ މިއަދުގެ ފައިދާ ނެގެން އޮތް އެންމެ ބޮޑަކަށް ނަގާށެވެ! 

އެކަން ކުރެވޭނީ މިއަދަކީ ވީހައި ގިނަ އަޅުކަން ކުރާ ދުވަސް ކަމަށް ހަދަން މަސައްކަތްކޮށްގެންނެވެ! އަޅުކަން ކުރުން އެންމެ އިސްކޮށްގެން ދުވަހުގެ ކަންކަން ތާވަލުކޮށްގެންނެވެ! އެނޫން ގޮތަކަށް ވިސްނާ މީހާގެ އުމުރު ނިމިގެންދާނީ ބޭކާރު ގޮތުގައެވެ! އާޚިރަތަށް ގެންދާނެ އެއްޗެއް ޖަމާ ނުކުރެވޭ ނިކަމެތި ފަޤީރެއްގެ ގޮތުގައެވެ." 

މިއީ މިރޭ މުފްތީ މެންކް ކުރައްވާފައިވާ އިލްތިމާސެއްގެ ޚުލާޞާއެވެ! މިޙާލަތުގައި މި އިލްތިމާސަށް ވަރަށް ފުންކޮށް ވިސްނައިލާށެވެ! ކުރު ބަހުރުވައިން ވިދާޅުވެފައި އެވަނީ ވަރަށް މާނަފުން ބަސްފުޅުތަކެކެވެ. ދެއްވަވާފައި އެވަނީ ވަރަށް މުހިންމު އިލްތިމާސެކެވެ!

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް