އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެޗްޑީސީ ފްލެޓްތަކުގެ ކުލިން ތިރީސް ޕަސެންޓު ފަސްކޮށްދީފި!

އެޗްޑީސީ ފްލެޓްތަކުގެ ކުލިން ތިރީސް ޕަސެންޓު ފަސްކޮށްދީފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފްލެޓުތަކާއި ރޯހައުސް އަދި ވިޔަފާރިތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުރިޔަށް އޮތް ދެ މަހުގެ ކުލިން 30 ޕަސެންޓު ފަސްކޮށްދިނުމަށް ނިންމައިފިއެވެ.

އެގޮތުން އެޗްޑީސީން މިއަދު ބުނީ، ކުލިން 30 ޕަސެންޓު ފަސްކޮށްދޭން ނިންމީ ކޯވިޑް-19 އާއި ގުޅިގެން އާންމު ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.

މިގޮތަށް ހަމަޖައްސައިދޭނީ މީގެ ކުރިން ގަވައިދާ އެއްގޮތަށް ކުލި ދައްކާފައިވާ މީހުންގެ ތެރެއިން ފޯމު ހުށަހަޅާ ފަރާތްތަކަށް ކަމަށާއި މިގޮތަށް ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް އޭޕްރީލް އާއި މެއި މަހުގެ ކުލި އެއްކޮށް ދައްކާފައިވާނަމަ އެ ޖަމާކުރި ފައިސާގެ 30 ޕަސެންޓް އަނބުރާ ވެރިފަރާތަކަށް ދޭނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މީގެއިތުރުން އެޗްޑީސީން ވަނީ ފަސްކޮށްދޭ 30 ޕަސެންޓަށްވާ ކުލީގެ ބައި 12 މަހަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދިނުމަށް ވެސް ނިންމާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ