އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު ފިކްސްޑް ބްރޯޑްބޭންޑުން ސިވިލް ސާވިސް މުވައްޒަފުންނަށް ސަރުކާރުގެ ވިއުގަ ހިލޭ ދެނީ!

ދިރާގު ފިކްސްޑް ބްރޯޑްބޭންޑުން ސިވިލް ސާވިސް މުވައްޒަފުންނަށް ސަރުކާރުގެ ވިއުގަ ހިލޭ ދެނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 18 ސިކުންތު

ކޮވިޑް19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވުމުން، ދިރާގުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއާ  ގުޅިގެން ސަރުކާރުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން އޮފީސް މަސަކަތްކަތް ކުރުމަށް ލުއިފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން، ދިރާގުން ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ޒަރިއްޔާއިން ސަރުކާރުގެ ވިއުގަތަކަށް ހިލޭ ވަދެވޭނެގޮތް ހަދައިދީފިއެވެ.

މިދުވަސްވަރު ސަރުކާރުގެ ހުރިހާ އޮފީސްތަކާއި މުއައްސަސާތަކެއް ބަންދުކޮށްފައިވުމުން، ގޭގައި ތިބެގެން، ރިމޯޓް ވޯރކިންގގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިންޓަނެޓްގެ ޚިދުމަތް މުވައްޒަފުންނަށް މިވަނީ ވަރަށް މުހިންމުވެފައިއެވެ.

ދިރާގުން ބުނެފައިވަނީ މިފަދަ ހާލަތެއްގައި، ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުގެ މުވައްޒަފުންގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ އެންމެ އިސްކަމެއް ދިން އެއްކަންތައް ކަމަށާއި އެގޮތުން، މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް މެދުވެރިކޮށް ސަރުކާރު މުވައްޒަފުންނަށް ރައްކާތެރިކަމާއެކު ސަރުކާރުގެ އެކި ޕޯޓަލް ތަކަށް ހިލޭ ވަދެވި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް އޮންލައިންކޮށް ފަސޭހަކަމާއެކު ކުރެވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ދިރިއުޅުމަށް ގެންނަން ޖެހިފައިވާ ބަދަލްތަކުގެ ސަބަބުން ކުރިއަށް ވުރެ ބޮޑަށް އިންޓަނެޓަށް ބަރޯސާވާން ވަނީ ޖެހިފައިއެވެ. އެގޮތުން، ކިޔެވުމަށާއި، އޮފީސް މަސައްކަތްކުރުމަށާއި، ޢާއިލާއާއި ރައްޓެހިންގެ ޙާލުބެލުމަށާއި، ވަގުތުން ވަގުތަށް މައުލޫމާތު ހޯދުމާއި މުނިފޫހިފުލުވުމަށްވެސް ބޭނުންވަނީ އިންޓަނެޓެވެ. އަދި މި ކަމުގެ ސަބަބުން އިންޓަނެޓް ބޭނުން ކުރުން ކުރިއަށްވުރެ އިތުރުވެގެން ވަނީ ގޮސްފައިއެވެ.

ދިރާގުން ބުނެފައިވަނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، ދިރާގުން ދަނީ މާރިޗް މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސް އަދި ޑިސްކައުންޓް ދެމުންކަމަށެވެ.

ހަމަ މިއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން، ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ވަނީ ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ދިރާގުން ކުރިން ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އެޕްރީލް އަދި މޭ މަހަށް އިތުރުކޮށްފައިއެވެ.

މިގޮތުން، ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50 އާއި %140 އާ ދެމެދުގެ އަދަދަކަށް ޑޭޓާ އެލަވެންސް އެޕްރިލް މަހުގައި ވަނީ ދީފައިއެވެ. އަދި މޭ މަހުގައިވެސް މި އިތުރު އެލަވަންސް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ. އަދި ހަމައެއާއެކު، ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރތަކަށް ވަނީ %50 ޑިސްކައުންޓް ދީފައިއެވެ.

މީގެ އިތުރުން، ދިރާގު ޕޯސްޑްޕެއިޑް ކަސްޓަމަރުންނަށް އެޕްރިލު މަހު %50 އާއި %75 އާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އެލަވަންސް ވަނީ ދީފައިއެވެ. އަދި މޭ މަހުގައިވެސް މި އިތުރު އެލަވަންސް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ. އަދި، ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން އެޕްރީލު އަދި މެއި މަހު ނަންގަވާ ޑޭޓާ އެޑް-އޮން އަށް %50 އިތުރު ޑޭޓާ ލިބިގެންދާނެއެވެ.

ދިރާގުން ދަނީ ސަރުކާރާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މުޖުތަމައަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނަގައިގެން ގިނަ ކަންތައްތަކެއް ކުރުމަށް މަސައްކަތްކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައިމި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންދާކަމަށް ދިރާގުން ވަނީ ބުނެފައެވެ.

 

ކޮވިޑް-19 އާ ގުޅިގެން ދިރާގުން ކުރަމުންދާ ކަންތައްތަކުގެ އިތުރު މައުލޫމާތު ހޯދުމަށް https://www.dhiraagu.com.mv/supporting_our_community.aspx

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު