އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްލިމުންނަކީ ދުނިޔެއިން ވަކި ކަމެއް ޙާޞިލުކުރަން ބޭނުންވެގެން އަޅުކަންކުރާ ބައަކަށް ވެގެން ނުވާނެ!: މުފްތީ މެންކް

މުސްލިމުންނަކީ ދުނިޔެއިން ވަކި ކަމެއް ޙާޞިލުކުރަން ބޭނުންވެގެން އަޅުކަންކުރާ ބައަކަށް ވެގެން ނުވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

މުސްލިމުންނަކީ ދުނިޔެއިން ވަކި ކަމެއް ޙާޞިލުކުރަން ބޭނުންވެގެން އަޅުކަންކުރާ ބައަކަށް ވެގެން ނުވާނެ އެވެ. އަޅުކަންކުރަންވީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށެވެ. ﷲ ތަޢަލާ ރުހިވޮޑިގަންނަވާ އަޅަކަށް ވުމަށެވެ. އާޚިރަތް ކާމިޔާބު ކުރެވޭ މީހަކަށް ވުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ދުނިޔެއިން ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަންވެސް ﷲ ތަޢާލާގެ ރަހްމަތަށް އެދިއެވެ. ތަޤްވާވެރިކަން އިތުރުކުރުމަށެވެ! 

އަޅުކަން ކުރަންވީ ތިމާ އެދޭކަންކަން ވީހައި އަވަހަކަށް ޙާޞިލުވުމުގެ ބޭނުމަކު ނޫނެވެ. އަޅުކަން ކުރުމުގެ ބޭނުން އެއަށްވުރެ މާމަތިވެރިއެވެ. އަޅުކަންކުރުމުގެ ބޭނުން މުޅިން ތަފާތެވެ. އަޅުކަންކުރުމުގެ ބޭނުމަކަށް ހަދަން ޖެހޭނީ ތިމާ އާއި ﷲ ތަޢާލާ އާއި އޮންނަ ގުޅުން ބަދަހިކުރުމެވެ. އެ ގުޅުން އިތުރުކޮށް ވަގުތުކުރުމެވެ. 

ހަމައެއާއިއެކު އަޅުކަންކުރަންވީ ވެސް ކުރާ އަޅުކަން އިތުރުކުރަންވީވެސް ކަމަކަށް ބޭނުންވުމަކުން ނޫނެވެ. އެއީ އަބަދުވެސް ކުރަމުން ގެންދަން ޖެހޭނެ ކަމެކެވެ. އަޅުކަން ކުރުމަކީ ކޮންމެ ދުވަހަކުވެސް، ވީހައި ގިނައިން ކުރަމުން ގެންދާ ކަމަކަށް ހަދާށެވެ!

- މުފްތީ މެންކް

މުފްތީ މެންކު މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ދުނިޔޭގައި ކޮރޯނާ ވައިރަސް ފެތުރެން ފެށުމުން އެކަމަށް ބިރުން އެކިއެކި އަމަލުތައް ކުރާ މީހުން އިތުރުވަމުންދާ ވަގުތެއްގައެވެ. މުފްތީ މެންކް ވިދާޅުވެފައި އެވަނީ އަޅުކަން ކުރުމަކީ މިއަދުކުރާ ކަމަކަށް ހަދައި ތިމާ އެދޭ ކަންތައް ޙާޞިލުވުމުން ކުރުން ހުއްޓާލާ މީހަކަށް ނުވުމަށެވެ. އަޅުކަންކުރުމަކީ ދުރިހުރިހައި ހިނދަކު ވީހައި ގިނައިން ކުރާ ކަމަކަށް ހެދުމަށެވެ! އަޅުކަން ކުރަންވީ ކޮރޯނާ ވައިރަސްއަށް ބިރުން ނޫން ކަމަށާއި އަޅުކަންކުރަންވީ ﷲ ތަޢާލާއަށް ބިރުވެތިވެ ނަރަކައިން ސަލާމަތްވުމަށް ކަމަށެވެ!

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް