އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަރަންޓީނު ފެސިލިޓީއެއް ކަމަށްވާ ވިލިވަރުގައި ރޯވެއްޖެ!

ކަރަންޓީނު ފެސިލިޓީއެއް ކަމަށްވާ ވިލިވަރުގައި ރޯވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ކޯވިޑް-19އާ ގުޅިގެން ކަރަންޓްރީން ފެސިޓީއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކ.ވިލިވަރުގައި އަލިފާން ރޯވެ އަނދަމުންދާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި އަލީފާން ރޯވީ އެރަށުގައި ކުނިއެއްކުރާ ސަރަހައްދުގައެވެ. މީހުން އުޅެނީ އެސަރަޙައްދާ ދުރުގައެވެ. މިޙާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވެއެވެ.

މިޙާދިސާގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފުގެ ފަޔަރ އެންޑް ރެސްކިއު ޓީމުން މިހާރު ޙަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އެފަރާތުން ވިދާޅުވީ މިޙާދިސާގައި އަލިފާން ރޯވެފައިވަނީ އެރަށުގައި މުދަލާއެކު އޮތް ކޮންޓޭނަރެއްގައިކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި މިހާރު އެއަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ވެފައިވާ ކަމަށާއި، އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާފައިވެއެވެ.

މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 19:41 ގައެވެ.

ވިލިވަރުގައި ޤާއިމްކޮށްފައިވާ މި ކަރަންޓީން ފެސިލިޓީއަކީ 30 މީހުންގެ ޖާގައިގެ ތަނެކެވެ. މާލެ އަތޮޅު ގުރައިދޫކައިރީގައި ރިސޯޓެއްގެ ގޮތުގައި ކުރިންހިންގި ވިލިވަރުގައި ތަރައްޤީކުރި ކަރަންޓީނު ފެސިލިޓީއަށް ވަނީ ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަންވެސް ލިބިފައެވެ. މިތަން ހަދާފައިވަނީ އިތުރަށް ބޭނުންވެއްޖެނަމަ ޖާގަ އިތުރުކޮށް ވޯޑާއި ޓެންޓުވެސް އިތުރު ކުރެވޭގޮތަށެވެ. މި ފެސިލިޓީގައި ފުރިހަމަ ޚިދުމަތްތަކެއް ދިނުމަށްޓަކައި ބޭނުންވާ ހުރިހާ ވަސީލަތެއްވެސް ވަނީ ޤާއިމް ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ