އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު
އދ. މަހިބަދޫ ބަނދަރުގައި އޮތް އުޅަނދުތަކެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާރ އިބްރާހިމް އާޒިމް ވިދާޅުވީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ފަތިހު 5:45 ހާއިރު ކަމަށެވެ.
މިހާދިސާގައި އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބުންކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށާއި އެރަށު ޕޮލިސް ސްޓޭޝަނުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
7:03 އަޕްޑޭޓް: މިހާތަނަށް ރޯވިކަމަށް ރިޕޯޓު ލިބިފައިވަނީ މުޅިއަކު ފަސް ލޯންޗަކާއި ދެ ޑިންގީއެއްގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
7:50 އަޕްޑޭޓް: އެމްއެންޑީއެފް ފަޔަރ ޓީމުން ދަނީ އަލިފާން ރޯވި ސައިޓުގައި ހަރަކާތްތެރި ވަމުންނެވެ.
މަހިބަދޫ ކައުންސިލުގެ ރައީސް އަހްމަދު ޚަލީލް ވިދާޅުވީ އަނދައިދިއަ ލޯންޗްތަކުގެ ތެރޭގައި ސިއެމްބިޔުލާންސަކާއި ޕޮލިސް ލޯންޗަކާއި އަދި އިތުރު 3 ލޯންޗް ހިމެނޭ ކަމަށެވެ. "މީގެ ތެރޭގައި ގަލްފް ކްރާފްޓް ޓުއަރިންގ 47 ގެ ލޯންޗަކާ 37 ގެ ލޯންޗަކާ އަދި 36 ގެ 2 ލޯން ހިމެނޭ ކަމަށާއި 12 މީހުންގެ ޖާގައިގެ 2 ޑިންގީ ވެސް ހިމެނޭ" ކަމަށް ޚަލީލް ވިދާޅުވިއެވެ.
8:00 އަޕްޑޭޓް: ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފިއެވެ.
8:08 އަޕްޑޭޓް: މަހިބަދޫ ބަނދަރުގައި އޮތް އުޅަނދުތަކެއްގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 8:05 ގައި ކަމަށް މޭޖަރ އާޒިމް މައުލޫމާތު ދެއްވައެވެ.
Advertisement
15 އޭޕްރީލް 2020