އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމްވެ ފުރަތަމަ ޙައްޖަށް ދިއަ އިނގިރޭސި އަންހެނާގެ ވާހަކަ އަޑު އެއްސެވީމުތޯ؟

އިސްލާމްވެ ފުރަތަމަ ޙައްޖަށް ދިއަ އިނގިރޭސި އަންހެނާގެ ވާހަކަ އަޑު އެއްސެވީމުތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އަލަށް އިސްލާމްވެ ފުރަތަމަ ޙައްޖަށް ދިއަ އަންހެނަކީ 1933 ވަނަ އަހަރު އިނގިރޭސިވިލާތުން ޙައްޖަށް ދިއަ އެވްލީން ކޮބޯލްޑް އެވެ. 

ސްކޮޓްލަންޑަށް ނިޞްބަތްވާ އެވްލީން އަށް ޙައްޖަށް ދެވުނީ ޚާއްޞަ ހުއްދައެއްވެސް ނަގައިގެންނެވެ. އެއީ މުސްލިމުން ނޫން މީހުންނަށް މައްކާއަށް ނުދެވޭތީ އޭނާއަކީ މުސްލިމެއްކަން ޔަޤީންކޮށް ދިނުމަށެވެ. އަދި އެއިގެ ކުރިން އިނގިރޭސި އަންހެނަކު އިސްލާމްވެގެން ޙައްޖުކޮށްފައި ނުވާތީއެވެ. 

އެއިގެ 1 އަހަރު ފަހުން އޭނާ ލިޔުނު ފޮތުގައި ލިޔެފައިވެއެވެ. "އަހަރެން މުސްލިމުންގެ މިސްކިތުގައި ހޭދަކުރި ކޮންމެ ސިކުންތަކީ ވެސް ވަރަށް އަގުހުރި ހިނދުކޮޅެކެވެ. ކުރިން ހިތަށް ނުވެސް ގެނެވޭ އެތައް ކަމެއް ހިތަށް ގެނައުމުގެ ފުރުޞަތު ލިބިގެންދިއަ ވަގުތުކޮޅެކެވެ." 

އެވްލީން އިސްލާމް ވި ސަބަބެއްކަމަށް ބުނެފައިވަނީ އޭނާގެ އަލްޖީރިއާ ރަޙްމަތްތެރިތްކަކާއިއެކު މިސްކިތްތަކަށް ގޮސް އުޅުމެވެ. އޭނާ އިސްލާމް ދީނުގެ މަތިވެރިކަން ޤަބޫލުކުރީ ފޮތްތައް ކަޔައި ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހުގައެވެ. 

އެވްލީން އިސްލާމްވި ސަބަބަށް ބެލުމުންވެސް އެނގިގެންދަނީ އެހެން ދީންތަކުގެ މީހުންނާއިއެކު ހޭދަކުރަން ލިބޭ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިފި ނަމަ އިސްލާމް ދީނަށް ނަޞްރު ލިބެމުންދާނެ ކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް