އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުގެ ރެސިޕީ: ޗޮކޮލެޓް އެކްލެއާސް ކޭކް

މިއަދުގެ ރެސިޕީ: ޗޮކޮލެޓް އެކްލެއާސް ކޭކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ބޭނުންވާނެ ތަކެތި:

▪︎ 5 ޖޯޑު ކިރު (ފުލް ކްރީމް)

▪︎ 1 1/4 ޖޯޑު ހަކުރު

▪︎ 1 ސައިސަމުސާ ލޮނު

▪︎ 1 ސައިސަމުސާ ކޯންސަޓާޗް

▪︎ 4 ސައިސަމުސާ އަންސޯލްޓެޑް ބަޓަރ

▪︎ 1 1/4 ސައިސަމުސާ ޖެލަޓިން

▪︎ 2 3/4 ޖޯޑު ހެވީ ކްރީމް

▪︎ 5 ސައިސަމުސާ ވެނީލާ އެސެންސް

▪︎ 2 ސައިސަމުސާ ފެން

▪︎ 1 ޖޯޑު ޗޮކޮލެޓް ޗިޕްސް

▪︎ 14ގ. ބިސްކޯދު

▪︎ 5 ސައިސަމުސާ ކޯން ސިރަޕް

 

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތެއްޔަކަށް ހަކުރާއި ކޯން ސްޓާޗާއި ލޮނުކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އަދި އޭގެ ތެރެއަށް ކިރު އަޅާ ދޭފަތަކުން ހަލުވަމުން ގަދަ ގިނީގައި ކައްކާލާށެވެ. އެއަށްފަހު ގިނި މަޑުކޮށްލާފައި އޮލަވަންދެން ކައްކާލާށެވެ. ރަނގަޅަށް ކެކި މަތީގައި ބޮކިޖަހަންދެން 4 ނުވަތަ 6 މިނެޓް ވަންދެން ކައްކާލަން ވާނެއެވެ. 

އެއަށްފަހު ވެނީލާ އެސެންސާއި ބަޓަރު ތައްޓަކަށް އަޅާ 2 ގަޑިއިރު ވަންދެން ފްރިޖެއްގައި ބަހައްޓާށެވެ.

ދެން އެހެން ތައްޓަކަށް ފެން އެޅުމަށްފަހު އޭގެ ތެރެއަށް ޖެލަޓިން އަޅާ ފަސް މިނެޓު ވަންދެން ބަހައްޓާށެވެ. އަދި 15 ނުވަތަ 30 ވަރަކަށް މިނެޓު ވަންދެން ޖެލަޓިންތައް އަވަނަށްލާ ރަނގަޅަށް ގިރެންދެން ބަހައްޓާށެވެ.

ދެން ތައްޓަކަށް ވިޕިން ކްރީމް އަޅާ ރަނގަޅަށް ފޯމް ވަންދެން 1 މިނެޓް ނުވަތަ 3 މިނެޓަށް ގިރާލާށެވެ. އެއަށް ފަހު ވިޕް ކުރި ކްރީމްގެ ތެރެއަށް ޖެލެޓިން އަޅާ 1 މިނެޓް ވަންދެން ގިރާލާށެވެ.

އެއަށްފަހު ބިސްކޯދުތައް ރަނގަޅަށް ފުނޑުވާލުމަށް ފަހު ވިޕް ކުރި ކްރީމްގެ ތެރެއިން 1/3 އެއާ އެއްކޮށްލާށެވެ. އެއަށް ފަހު 9 އިންޗިއަށް ވާ ވަރަށް ޓްރޭއެއްގައި އަތުރާލާށެވެ. އަދި އޭގެ މައްޗަށް ވިޕް ކުރި ކްރީމްގެ 1/2 އަޅާށެވެ. މިގޮތަށް 2 ލޭޔާ އެޅިދާނެއެވެ.

 ޗޮކްލެޓް ޗިޕްސައާއި ކޯން ސްޓާޗާއި 3/4 ޖޯޑުގެ ކްރީމް އަޅާ އެއްކޮށްލައި އަވަނަށް ލުމަށް ފަހު ދިޔާ ކޮށްލާށެވެ. އަދި 10 މިނެޓަށް އަވަނުގައި ބެހެއްޓުމަށް ފަހު ނަގާށެވެ. 

ކުރިން ތައްޔާރު ކުރި 2 ލޭޔާގެ މައްޗަށް ބިސްކޯދުގެ އިތުރު ލޭޔާއެއް އެޅުމަށް ފަހު މައްޗަށް ޗޮކްލެޓް ލޭޔާ އަކަށް ވާނެހެން އަޅާލާށެވެ. އެއަށްފަހު މަދުވެގެން ހަ ގަޑިއިރު ފްރިޖަށް ފިނިލުރަންލާށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ