އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުގެ ރެސިޕީ: ފަސޭހައިން ތައްޔާރު ކޮށްލެވޭ ޗިކަން ޕިއްޒާ

މިއަދުގެ ރެސިޕީ: ފަސޭހައިން ތައްޔާރު ކޮށްލެވޭ ޗިކަން ޕިއްޒާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

ބޭނުންވާނެ ތަކެތި:

▪︎1 ޕިއްޒާ ބްރެޑް

▪︎ 1 1/2 ޖޯޑު ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފަ)

▪︎ 1/2 ޖޯޑު ޗިލީ އެންޑް ގާރލިކް ސޯސް

▪︎ 1/2 ޖޯޑު ޓޮމާޓޯ ސޯސް

▪︎ 1/2ސައި ސަމުސާާ މުގުރި އަސޭމިރުސް

▪︎ 2 ޓޮމާޓޯ ފޮތި ފޮތި ފޮތި ކޮށްފައި

▪︎ 1/2 ޖޯޑު ޕީލްޑް ޓޮމާޓޯ

▪︎ 2 ފިޔާ (ހިމުން ކޮށާފަ)

▪︎ 2 ލޮނުމެދު (ގާނާފަ)

▪︎ 1 1/2 ޖޯޑު މޮޒޮރެއްލާ ޗީޒް (ގާނާފަ)

▪︎ 2 ކެޕސިކަމް (ކަރުނަގާ ކުދި ކުދިކޮށް ކޮށާފަ)

▪︎ 1 ޗިކަން ކިއުބް

▪︎ ލޮނު

▪︎ ބަޓަރ 

▪︎ ބޭނުމިއްޔާ ކުޑަ ގިތެޔޮމިރުސް ކޮޅެއް

 

ތައްޔާރު ކުރާނެ ގޮތް:

ތަވާ އުނދުން މައްޗަށް ކުޑަ ތެޔޮފޮދެއް އެޅުމަށްފަހު ހޫނުވީމާ ފިޔާ، ކެޕްސިކަމް، ކުކުޅުމަސް، އަދި ލޮނުމެދުކޮޅު އަޅާފައި ފިޔާކޮޅު މޯޅިވެ ޗިކަންކޮޅު ރޯފިލަންދެން ދޭފަތުން ހަލަމުން ކައްކާލާށެވެ.

ދެނެް އޭގެތެރެއަށް އަސޭމިރުސް ޕީލްޑް ޓޮމާޓޯ، ޗިކަން ކިއުބް، ޓޮމާޓޯ ސޯސް، ޗިލީ ސޯސް، އަޅާފައި މަސްގަނޑު ރަނގަޅަށް ކައްކާލާށެވެ.

އެއަށްފަހު ލޮނު ހެޔޮވަރު ކޮށްފައި އުނދުން މަތިން ބާލާށެވެ.

ޕިއްޒާ ބްރެޑް މަތީގައި ބަޓަރު ކޮޅެއް ހާކާފައި މަސްގަނޑު ފަތުރާލުމަށްފަހު މަސްގަނޑު މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާލާފައި މަތީގައި ޗީޒް ވެސް ފަތުރާލާށެވެ.

ދެން އަވަންގައި ޗީޒް ދިޔާވަންދެން ފިހެލާށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ