އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ ވައިރަސްގެ ސަބަބުން ގިނަ ބައަކު ﷲ އާ ބޮޑަށް ކުއްތަންވެއްޖެ! އެއީ ލެއްވެވި ރަޙްމަތެއް!: މުފްތީ މެންކް

ކޮރޯނާ ވައިރަސްގެ ސަބަބުން ގިނަ ބައަކު ﷲ އާ ބޮޑަށް ކުއްތަންވެއްޖެ! އެއީ ލެއްވެވި ރަޙްމަތެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

ކޮރޯނާ ވައިރަސް އާއި ގުޅިގެން ވަރަށް ގިނަ ބައަކު ﷲ ތަޢާލާ އާއި ކުރިއަށްވުރެ ބޮޑަށް ކުއްތަންވެއްޖެއެވެ! އަޅުވެރިވެއްޖެއެވެ! ގިނަ ބައެއްގެ ތަޤްވާވެރިކަން އިތުރުވެއްޖެއެވެ! ވީމާ އެއީ އެމީހުންނަށް ﷲ ތަޢާލާ ލެއްވެވި ވަރަށް ބޮޑު ރަޙްމަތެކެވެ. 

މީސްތަކުން ﷲ ތަޢާލާގެ ދީނާއި ދުރަށްދާނަމަ އެކަލާނގެ މަގަށް އެނބުރި ރުޖޫޢަވުމަށް ވަރަށް ގިނަ ކަންކަން މިންވަރުކުރައްވަވާނެއެވެ! މިއީ އެންމެކުރިންސުރެ އެކަން ހިނގަމުން އައިސްފައިވާ ގޮތެވެ! 

މިސްކިތްތައް ބަންދުކުރަން ޖެހުމުން ޢިލްމުވެރިންނަށް ފާޑުނުކިޔާށެވެ! ފުރާނައަށް ނުރައްކާ އޮތްކަން ޤަބޫލުކުރެވޭނަމަ އެއީ ކުރަންޖެހޭނެ ކަމެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ފުރާނަ ސަލާމަތްކުރުމަށް ދެއްވަވާފައިވާ މަތިވެރިކަމާއިމެދު ވިސްނައިލާށެވެ! ފުރާނަ ސަލާމަތްކުރަން އެކަމެއް ކުރަން ޖެހޭ ޙާލަތުގައި ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ތަކެތި ކއެުމާއި ބުއިންވެސް ވަނީ ހުއްދަ ކުރައްވަވައިފައެވެ. ވީމާ އިސްލާމް ދީނުގައި އޮތީ ފުރާނަ ސަލާމަތްކުރަން މިހައި މިންވަރަށް މަތިވެރިކަން ދެއްވަވައިފައެވެ. 

މިސްކިތްތައް ވަގުތީ ގޮތުން ބަންދުކުރަން ޖެހުނުކަން އެއީ މުސްލިމުންނަށް ލެއްވެވި ކޯފާއެއް ކަމަށް ނުދެކޭށެވެ! ﷲ ތަޢާލާ ކޮންމެ ކަމެއްވެސް މިންވަރު ކުރައްވަވާނީ އެކަމެއްގެ ފަހަތުގައި ފައިދާހުރި އެތައް ބައިވަރު ކަންތައްތަކެއް ހުރުމުންނެވެ. އެކަންކަން އަހަރެމެންނަށް ނުއެނެގެނީއެވެ!

- މުފްތީ މެންކް 

މުފްތީ މެންކް މިމޭރުމުން ވިދާޅުވެފައިވާއިރު ﷲ ތަޢާލާއަށް އުރެދި ޙަރާމްކަންކަން ކުރަމުން ގެންދިއަ އެތައް މިލިއަން ތަންތަން ވަނީ ބަންދުކުރަން ޖެހިފައެވެ. ނައިޓްކްލަބްތަކާއި ބާރތަކާއި ހަށިވިއްކާ ތަންތަނާއި ޖުވާކުޅޭތަންތަނާއި އެފަދަ އެތައް ތަންތަނެކެވެ. ތިމާމެންނަށް ދުވަހަކު ވެސް މުޞީބާތެއް ކުރިމަތި ނުވާނެ ކަމަށް ބަލައި ބޮޑާވެގެން ތިބި އެތައް ޤައުމެއް ވަނީ އެކުގައި ބަންދުކުރަން ޖެހިފައެވެ. އެމީހުންގެ އެއްވެސް ބާރެއް ނެތްކަމާއި ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށްކަން ވަނީ ޤަބޫލުކުރަން ޖެހިފައެވެ. 

މިސްކިތްތައް ބަންދުކުރި ނަމަވެސް މުސްލިމުން ނަމާދުކުރިއެވެ. ނަމާދުކުރެއެވެ! ނަމަވެސް އެމީހުން މުންކަރާތްތައް ހިންގަމުން ދިއަ ތަންތަން ބަންދުކުރުމުން އެކަންކަން ކުރަން ވަނީ ހުރަސް އެޅިފައެވެ. ވީމާ ތަންތަން ބަންދުކުރަން ޖެހުމުންވެސް ބޮޑަށް ގެއްލުން ލިބިފައިވަނީ މުސްލިމުން ނޫން މީހުންނަށެވެ!  

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް