އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަޑިޖެހި ނަމަވެސް މުސްލިމުން ކަންބޮޑުވާކަށް ނުޖެހޭ! މަރުވާނީ އެކަމަށް ﷲ މާކުރިން ކަނޑައަޅުއްވާފަވާ ވަގުތު ޖެހުމުން!: މުފްތީ މެންކް

ބަޑިޖެހި ނަމަވެސް މުސްލިމުން ކަންބޮޑުވާކަށް ނުޖެހޭ! މަރުވާނީ އެކަމަށް ﷲ މާކުރިން ކަނޑައަޅުއްވާފަވާ ވަގުތު ޖެހުމުން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

އެއްވެސް ޝައްކެއް ނެތެވެ. ނިޔުޒީލަންޑުގައި މިސްކިތަށް ދިން ހަމަލާގައި ބައަކު ޝަހީދުވިއެވެ. ނަމަވެސް އެކަމުގައި ޓެރަރިސްޓުގެ އެއްވެސް މޮޅުކަމެއް ނެތެވެ. އެހެނީ ޓެރަރިސްޓުގެ ބަޑިން ދިން ހަމަލާގެ ސަބަބުން ނަމަވެސް ޝަހީދުވި އެންމެން ވެސް ދުނިޔެ ދޫކުރީ އެމީހުން ދުނިޔެ ދޫކުރަން ﷲ ތަޢާލާ އެންމެކުރިންވެސް ލިޔުއްވަވާފައިވާ ވަގުތުގައެވެ. 

މިބުނަނީ މުސްލިމުންގެ ގިނަ ބައަކު ޝަހީދުވުމުން ހިތާމަނުކުރާ ވާހަކައެއް ނޫނެވެ! ނަމަވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ މުސްލިމުންނަށް ދެރައެއް ދިނުމަށް ކުރެވޭ ކޮންމެ ކަމެއްގެ ސަބަބުން ނުކުންނަ އާޚިރު ނަތީޖާގައި އިސްލާމް ދީނަށާއި މުސްލިމުންނަށް ލިބޭ ކުރިއެރުމާއި ކާމިޔާބީ މާބޮޑުވެގެންދެއެވެ! ﷲ ތަޢާލާގެ ދީން ނިކަމެތިކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ! ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ) ގެ ސުންނަތުގެ އަލިކަން ފަނޑުކުރަން ކުރާ ކޮންމެ ކަމަކުން ނުކުންނަނީ މުޅިން ތަފާތު ނަތީޖާއެކެވެ. ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތް ދަނީ އިތުރަށް ކުރިއަރައިގެންނެވެ. 

ނިޔުޒީލަންޑުގައި މިސްކިތަށް ދިން ޙަމަލާއިންވެސް އެނގިގެން ދިއައީ ހަމަ އެކަމެވެ.

- މުފްތީ މެންކް 

ނިޔުޒީލަންޑުގައި މިސްކިތުގައި ހުކުރު ނަމާދަށް ތިއްބައި މުސްލިމުންގެ ގައަށް ބަޑިޖަހައި ދިން ޙަމަލާތަކުގައި 50 އަށްވުރެ ގިނަ މުސްލިމުން ޝަހީދުވި ނަމަވެސް އެ ހަމަލާގެ ސަބަބުން އެ ޤައުމުގައި މުސްލިމުންގެ ޤަދަރު ވަނީ އެތައް ގުނައަކަށް އުފުލިގެން ގޮސްފައެވެ. ޤައުމުގެ ހުރިހާ އަންހެނުންހެން ބުރުގާ އެޅިއެވެ. ޕާލަމެންޓުގައި ޤުރްއާން ކިޔެވިއެވެ. 

ލިބޭ މައުލޫމާތަށް ބަލާއިރު ގިނަބައެއްގެ ހިތްތަކުގައި މުސްލިމުންނަށާއި އިސްލާމް ދީނަށް ވަނީ ލޯބި އިތުރުވެފައެވެ. އެހެންކަމުން އިސްލާމް ދީން ނިކަމެތިކުރަން ދިން ރުޅިވެރި، ޙަސަދަވެރި ޙަމަލާގެ ސަބަބުން އިސްލާމް ދީނަށާއި މުސްލިމުންނަށް ވަނީ އެތައް ގޮތަކުން ކުރިއެރުން ލިބިފައެވެ. އިން ޝާ ﷲ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް