އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑެތި ފާފަތަކަށް ޖެހޭނީ ތައުބާވާން! "ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާދޭވެ!" ދެންނެވުމަކުން ނުފުދޭނެ!: މުފްތީ މެންކް

ބޮޑެތި ފާފަތަކަށް ޖެހޭނީ ތައުބާވާން! "ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާދޭވެ!" ދެންނެވުމަކުން ނުފުދޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ﷲ ތައާލާގެ ދީލަތިވަންތަކަން ނިކަން ދެކެބަލާށެވެ! ފާފައެއް ކުރަން ހިތުގައި ލުމަކުން އެކަމެއް ނުލިޔުއްވަވަތެވެ! އަދި އެ ފާފައެއް ކޮށްފިނަމަ ލިޔުއްވަވަނީ 1 ފާފައެވެ. ނަމަވެސް ހެޔޮ އަމަލެއް ކުރަން ހިތުގައި ލުމުން އެކަން ލިޔުއްވަވައެވެ. އެ އަމަލުކޮށްފިނަމަ 10 އަކުން ފެށިގެން 700 ގުނައަށް ޘަވާބު އިތުރުކުރައްވަވައި ދެއްވަވަތެވެ!  

އަދި ކީއްހެއްޔެވެ؟ ފާފައެއް ކުރުމުން ހަމަ އެވަގުތަކު ފާފަ ނުލިޔުއްވަވާކަންވެސް ހަދީޘްފުޅުން އެނގެން އެބައޮތެވެ! ލިޔުއްވަވަނީ ތައުބާވުމުގައި ލަސްވެއްޖެ ނަމައެވެ. ވަގުތުން ތައުބާ ވެއްޖެ ނަމަ ނުލިޔުއްވަވާނެތެވެ! އެމީހަކަށްޓަކައި އެކަން ޢަފޫކުރައްވަވައި ދެއްވަވާނެތެވެ! އަދި ކީއްހެއްޔެވެ؟ ލިޔުއްވަވާފަހުން ވެސް ތައުބާވެއްޖެ ނަމަ ޢަފޫކުރައްވަވައި ދެއްވަވަތެވެ!  

އަދިވެސް ވިސްނައިލާށެވެ! ހެޔޮ އަމަލުތައް ކުރުމުން، އިތުރަށް ދެންނެވުމަކާއި ނުލައި ކުދި ފާފަތައް ފުއްސަވައިދެއްވަވަތެވެ!  

ނަމަވެސް ސަމާލުކަން ދޭންޖެހޭނެ ކަމެއް އެބައޮތެވެ! އެއީ އެކަމަކަށް ﷲ ތަޢާލާ ޢުޤޫބާތް ކަނޑައަޅުއްވަވާފައިވާ ބޮޑުފާފައެއް ކުރެވިއްޖެ ނަމަ އެ ފާފައަކަށްތައުބާވާން ޖެހޭނެއެވެ. އެކަމާއިމެދު ހިތާމަކޮށް އެ ފާފައެއް ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަން ޖެހޭނެއެވެ. "މިއަޅާއަށް ކުރެވިފައިވާ ހުރިހާ ފާތަކެއް ފުއްސަވައިދެއްވވަވާދޭވެ!" އެވެ ދެންނެވުމަކުން ނުފުދޭނެއެވެ!  

ކޮންމެ ފަދަ ފާފައެއް ކުރެވިފައިވީނަމަވެސް އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ފާފ ފުއްސަވައި ދެއްވަވަވާނެތެވެ! ވީމާ ކުރެވިފައިވާ ފާފަތަކުން ތައުބާވެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދެންނެވުމަށް އަވަސްވެގަންނާށެވެ! ފުރުޞަތު ނަގައިނުލާށެވެ! ތައުބާ ނުވެވި އޮތުމުން ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމުގެ ވަގުތުގައި ހިތާމަ ހިތަމަކުރަން ޖެހޭ މީހަކަށް ނުވާށެވެ! 

- މުސްތީ މެންކުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް