އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުކަމުގަ ރަމަޟާން މަސް ހޭދަކުރުމަށްފަހު ޢީދު ނަމާދުން ފައިބާ ގޮތަށް ޝައިޠޯނާގެ މަގުން ދުއްވައިގަނެވެނީ ކީއްވެ؟

އަޅުކަމުގަ ރަމަޟާން މަސް ހޭދަކުރުމަށްފަހު ޢީދު ނަމާދުން ފައިބާ ގޮތަށް ޝައިޠޯނާގެ މަގުން ދުއްވައިގަނެވެނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

އަޅުގަނޑޫމެންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ މީހުންނަކީ ރަމަޟާން މަހުގެ ޘަވާބާއި ދަރުމަ ހޯދަން ގަދައަޅައި މަސައްކަތްކުރި މީހުންނެވެ! ނަމަވެސް ހިތާމައަކީ ރަމަޟާން މަހު އަޅުކަމުގައި ވަގުތު ހޭދަކުރި ބައެއް މީހުން، މިސްކިތުގެ ޖަމާއަތުން ފަރުޟު ނަމާދުތަކާއި ރޭއަޅުކަމުގައިވެސް ފެނުނު ބައެއް މީހުންގެ ކިބައިން އެމީހުން ޢީދުނަމާދު ނަމާދުން ފޭބުމަށްފަހު ފެންނަ މަންޒަރު ތަފާއތުވެގެންދާ ކަމެވެ! 

އެމީހުންގެ ކިބައިން އެހިސާބުން ފެނިގެންދަނީ މުސްލިމުން ކޮށްގެން ނުވާނެ ކަންކަން ކުރާތަނެވެ. މިޔުޒިކާއި ދެޖިންސުން މަސްހުނިވެގެން ކުޅޭ ކުޅިވަރުތަކުގައި ޣާފިލުވެ އުޅެވޭތަނެވެ. އެހިސާބުން އެދުވަހުގެ ފަރުޟު ނަމާދުތަކުގެ މަތިން ވެސް ހަނދާން ނެތިގެންދާތަނެވެ. އަދި އެގޮތަށް އަމަލުކުރެވޭ ގިނަ މީހުންނަށް އޮންނަނީ އެހެން ދުވަސްތަކުގައިވެސް ނަމާދު ނުކުރެވިފައެވެ. 

މީގެ އިތުރުން ރަމަޟާން މަހު ނަމާދުކުރި ފަދައިން ޢީދުވިލޭރޭގެ ޢިޝާ ނަމާދު ކުރިނަމަވެސް ފަތިސް ނަމާދަށް ނުހޭލެވޭ މީޙުންގެ އަދަދުވެސް ވަރަށް ގިނައެވެ. އެކަމުގެ ސަބަބުން ގިނަ ބައަކު ޢީދު ނަމާދަށް ދަނީ ވެސް ފަތިސް ނަމާދު ނުކޮށެވެ! މިއީ އެކަން ކުރަން ﷲ ތަޢާލާ އެންގެވި ގޮތެއް ނޫނެވެ! އެކަން ރަނގަޅަށް އެނގޭއިރުވެސްމެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކަންކަން މިހެން ވެގެން މިދަނީ ކީއްވެގެންކަން ވިސްނޭހެއްޔެވެ؟ އަހަރެންގެ ނަޒަރުގައި މިކަން މިގޮތަށް މި ދިމާވަނީ ރަމަޟާން މަހަށް ކަސްތޮޅު އެޅުއްވެވި ބޮޑެތި ޝައިޠޯނުންތައް ވީއްލިގެންދާތީއެވެ. ގެއްލިޔގެން ދިއަ ދުވަސްތަކުގެ ބަދަލު ހިފަން ޝައިޠޯނުންތައް އާބާރަކާއިއެކު ނުކުމެގަންނާތީއެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކަންމިހެން އޮތުމުން މިދުވަސްކޮޅު އަޅުކަމަށް ދޭ ސަމާލުކަން ވަރަށް ބޮޑަށް އިތުރުކުރަންވާނެއެވެ! ރަމަޟާން މަހު އަޅުކަންކުރި ފަދައިން އަޅުކަންކުރަން ސަމާލުކަންދޭންވާނެއެވެ! މިދުވަސްކޮޅު އެކަމަށް ސަމާލުކަން ދެވިއްޖެ ނަމަ އަހަރުގެ ދެން ބާކީ އޮތް ދުވަސްތަކުގައި އަޅުކަމުގައި ސާބިތުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ! ހިތްވަރު އިތުރުވެގެންދާނެއެވެ! 

އަހަރެމެން ރަމަޟާން މަހުވެސް އެހައި ބުރަކޮށް މަސައްކަތްކުރީ ހަމަ އެންމެ ބޭނުމަކުއެވެ! އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވަވައި ނަރަކައިން ސަލާމަތްކޮށްދެއްވަވައި ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރުކޮށްދެއްވެވުން އެދިއެވެ.

މިއަދު ވެސް ކުރަން އޮތީ ހަމަ އެމަސައްކަތެވެ. ދުނިޔޭގައި ހުރިހާ ދުވަހަކު ކުރަންވީ ހަމަ އެ މަސައްކަތެވެ! ވީމާ އެމަސައްކަތަށް ފަރުވާތެރިވާށެވެ! ފުރާނަހުރިހައި ހިނދަކު އެ މަސައްކަތަށް ފަސް ނުޖެހޭށެވެ! ދަރުވާކުޑަނުކުރާށެވެ! ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން ވަނީ އެމަސައްކަތުގައި ހީވާގިވީ މިންވަރަކުންނެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް