އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް މީހެއްގެ ގައިގެ ކުލައަށް ހިތްހަމަނުޖެހޭނަމަ އެ ޝަކުވާ ކުރެވެނީ ތިބާ ވެސް އުފެއްދެވި ﷲ ތަޢާލާއަށް!:މުފްތީ މެންކް

އެއްވެސް މީހެއްގެ ގައިގެ ކުލައަށް ހިތްހަމަނުޖެހޭނަމަ އެ ޝަކުވާ ކުރެވެނީ ތިބާ ވެސް އުފެއްދެވި ﷲ ތަޢާލާއަށް!:މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

"އެއްވެސް މީހެއްގެ ގައިގެ ކުލަ އާއިމެދު ތިބާ ކަންބޮޑުވާނަމަ ނުވަތަ ހިތްހަމަނުޖެހޭނަމަ އެ ޝަކުވާ ކުރެވެނީ ތިބާ ވެސް އުފެއްދެވި "ރައްބުލްޢާލްމީން" ﷲ ތަޢާލާއަށެވެ! އެންމެހައި މީސްތަކުން އުފެއްދެވީ ﷲ ތަޢާލާއެވެ. ތަފާތު ކުލަކުލައިގައި، ތަފާތު ސިފަތަކުގައި މީހުން ލެއްވެވީ ވެސް ހަމަ ﷲ ތަޢާލާއެވެ. 

ވަކިކުލައެއްގައި ހުރުމަކުން އެއްވެސް މީހަކަށް ލިބޭ އެއްވެސް ޚާއްބަ ކަމެއް ނެތެވެ. އެއްވެސް މީހަކީ މަތިވެރިމީހެއްކަމަށް ނުދެކޭށެވެ! މޮޅު މީހެއް ކަމަށްވެސް ނުދެކޭށެވެ! ﷲ ތަޢާލާ މީސްތަކުން އުފެއްދެވީ އެއް ދަރަޖައެއްގައެވެ. އެންމެންނާއިމެދު ވެސް ހެޔޮކޮށް ހިތާށެވެ! ހެޔޮކޮށް ކަންކަން ކުރާށެވެ!"

- މުފްތީ މެންކް

ދުނިޔޭގައި ނަސްލީ އިމްތިޔޒް ނެތްކަމަށް ބުަމުން ދިއަ ނަމަވެސް އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްގެން ތިބި ނަމަވެސް އެމެރިކާ އާއި އިނގިރޭސި ވިލާތް ކެނެޑާ އަދި މިނޫންވެސް ވަރަށް ގިނަ ޤައުމުތަކުން އަދިވެސް ފެންނަމުން އަންނަނީ ގައިގެ ކުލަ ދޮން މީހުންނަކީ މާ މާތް ބައަކަށް ފަދައި ކަޅު މީހުންނަކީ އަޅުންކަމުގައި ހަދައިގެން ޢަމަލުކުރެވޭ ތަނެވެ. 

އެންމެ ބޮޑަށް ބިރުގަންނަން ޖެހޭ ކަމަކީ މިފަދަ ޤައުމުތަކުން އެހެން ޤައުމުތަކަށް ގޮސް ނަސްލީ އިމްތިޔާޒް ނުބޭއްވުމަށާއި ޑިމޮކްރަސީ ޤާއިމުކުރަން ޖެހޭނެ ކަމަށް ބުނެ ފިލާވަޅުތައް ނަގައިދީ ކޯސްތައްވެސް ހިންގާ ކަމެވެ. 

މުސްލިމުން މިއަދު ސަމާލުކަންދީ ހޭލުންތެރިވާންވީ މިފަދަ ކަންކަމަށެވެ! އަހަރެމެންނަށް މަތިވެރިކަން ލިބުންވަނީ ތަޤްވާވެރިކަން އިތުރުކުރި މިންވަރަކުންކަން އެނގެން އޮތުމުން މަތިވެރިވާން ބޭނުން މީހާ ބަލަންވީ ގައިގެ ކުލައަކަށް ނޫނެވެ. ތަޤްވާވެރިވުމަށެވެ! ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ކުރުމަށެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް