އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެރަނގަޅު ދީން ހޯދަން ދުނިޔޭގެ ހުރިހާ ޤައުމުތަކަށް ދަތުރުކުރި މީހަކު އިސްލާމްވެއްޖެ!

އެންމެރަނގަޅު ދީން ހޯދަން ދުނިޔޭގެ ހުރިހާ ޤައުމުތަކަށް ދަތުރުކުރި މީހަކު އިސްލާމްވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ދުނިޔޭގެ ހުރިހާ ޤައުމުތަކަށް އޭނާ ދަތުރުކުރީ ރަނގަޅު ދީނެއް ހޯދުމަށެވެ. ދުވަސްވެ މުސްކުޅިވެފައިވާ މީހެއް ވެސް ނޫނެވެ. އެންމެ 30 އަހަރުގެ ެއމެރިކާއަށް އުފަން ޒުވާނެކެވެ. ސެޕްޓެމްބަރު 11، 1990ގައި އުފަންވި މި ޒުވާނާއަކީ ދުނިޔޭގެ އެންމެ ގިނަ ޤައުމުތަކަށް ދަތުރުކުރި އެންމެ ހަގު ޒުވާނާ ކަމަށްވެސް ބައެއް ލިޔުންތަކުން ފެނެއެވެ. 

މުސްލިމުންގެ އެންމެބޮޑު އަދާވާތްތެރިޔާ، އެމެރިކާގެ ރަތްލާޖެހި ކެތޮލިކް ޢާއިލާއަކަށް އުފަން ސަލް ލަވާއްލޯ ޢާއި ޓެންޒޭނިއާއިން ބައްދަލުވި ދީނީ ޢިލްމުވެރިއަކު އޭނާ އާއި ދެއްކި ވާހަކައިގައި ރަނގަޅު ދީނެއް ހޯދަން އުޅޭ ވާހަކަ ބުނުމުން އިސްލާމް ދީނުގެ ވާހަކަތައް ކިޔައިދިނެވެ. އެކަންކަމަށް ވިސްނައި ފިކުރުކުރުމަށްފަހު ޒުވާނާ މިއަދު އެހެރީ އިސްލާމްވެގެންނެވެ. 

އޭނާ އިސްލާމްވީ 2013 ވަނަ އަހަރުއެވެ. މިއަދާއި ހަމައަށްވެސް އޭނާ އެހުރީ މުސްލިމެއްގެ ގޮތުގައެވެ. ދުޢާ އަކީ އޭނާއަށް ސބިތުކަން ދެއްވެވުމެވެ. 

އެއްވެސް ޝައްކެއް ނެތް ގޮތުގައި އެންމެ ރަނގަޅު ދީނެއް ހޯދާ މީހަކަށް އަބަދުވެސް ފެންނާނީ އިސްލާމް ދީނެވެ. ސަލް އަކީ ވަރުގަދަ ކެތަލިކަކަށް ހަދަން ޢާއިލާއިން ކުރި މަސައްކަތުން ފުރަތަމައޭނާ ވީ ބަލި ކަށި ކްރިސްޓިއަނަކަށެވެ! އެންމެފަހުން ބަދަލުމިވީ މުސްލިމަކަށެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް