އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޮށި ފުރައްސާރަކުރަން މަޖިލީހުން ހިތްވަރުދީފި!

ފޮށި ފުރައްސާރަކުރަން މަޖިލީހުން ހިތްވަރުދީފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ފުލުހުން މިހާރު ބަލަމުން ގެންދާ މައްސަލަތަކުގެ ތެރޭގައި ރައީސް ނަޝީދަކީ ލާދީނީ ބޭފުޅެއް ކަމަށް ބުނި މީހެއްގެ މައްސަލަ ހިމެނެއެވެ. އެ މައްސަލަ ބަލަން ފެށިތަނާ އިއްޔެ މިވަނީ ރައީސް ޑރ. ވަޙީދަށް ޢާންމުތަނެއްގައި ފުރައްސާރަކުރި މީހެއްގެ މައްސަލަވެސް ބަލަން ފަށައިފައެވެ.

3ވަނަ މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަންޖެހޭ މައްސަލައެއް ކަމަށް ގިނަ ބއަކު ފާހަގަކުރަނީ ކޮމަންވެލްތުން ބުނާ އެހެން ހުރިހާ ވާހަކަތަކެއް އެމްޑީޕީން ޤަބޫލުކޮށް ކޮމަންވެލްތާއި ނުލައި ރާއްޖޭގެ ވެރިކަންވެސް ނުކުރެވިގެން އުޅޭއިރު "ބަޣާވާތަކީ" ބަޢާވާތެއް ނޫން ކަމަށް ކޮމަންވެލްތުން ނެރުނު މަޝްހޫރު ކޯނީ ރިޕޯޓް ޤަބޫލުނުކުރާ މައްސަލައެވެ. ކޯނީ ރިޕޯޓް އެކުލަވައިލީ ރިޕޯޓް ޤަބޫލުކުރަން އެއްބަސވެގެން ކަމަށްވެފައި ރިޕޯޓުގައި އެބައަކު ބޭނުންވާ ގޮތަށް ނެތުމުން ޤަބޫލު ނުކުރުމަކީ މައްސަލައެއްގެ ގޮތުގައި ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.

ފާއިތުވެގެންދިއަ ހަފްތާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ރާއްޖޭގެ ރަށަކަށް މިނިކަށި ލެއްގުން ފަދަ ކަންބޮޑުވާންޖެހޭ އެތައް ކަމެއް ހިނގި ހަފްތާއެކެވެ. ނަމަވެސް މަޖލީހުގެ މިއަދުގެ ޖަލްސާވެގެން ދިއައީ މަގުމަތިން ފޮށުމާއި ފުރައްސާރަކުރުމަށް ހިތްވަރުދިން ޖަލްސާޢަކަށެވެ.

އެއްވެސް މީހަކަށް އެމީހަކު ނުރުހޭ ނަމަކުން ގޮވުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫން ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވެސް ފެނިގެންދިއައީ ފޮށި ފުރައްސރަކުރުން ހިތްވަރުދެވުނުތަނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް