އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިން އެކަން ކުރަން އުޅުނު ގޮތަށް ފުލުހުންގެ މުއައްސަސާ މާލެ ސިޓީކައުންސިލުގެދަށަށް ބަދަލުކުރަނީތޯ؟

ކުރިން އެކަން ކުރަން އުޅުނު ގޮތަށް ފުލުހުންގެ މުއައްސަސާ މާލެ ސިޓީކައުންސިލުގެދަށަށް ބަދަލުކުރަނީތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ކުރިންވެސް އެކަން ކުރަން އުޅުނު ގޮތަށް ފުލުހުންގެ މުއައްސަސާ މާލެ ސިޓީކައުންސިލުގެދަށަށް ބަދަލުކުރަން އުޅެނީ ކަމާއިމެދު ގިނަ ބައަކު ސުވާލު އުފައްދަން ފަށައިފިއެވެ.

އެފަދަ ކަންބޮޑުވުން ފައުޅު ކުރައްވާ ބޭފުޅުން ވިދާޅުވަނީ ފުލުހުންގެ މުއައްސަސާގެ މަސައްކަތްތައް މާލޭ ސިޓީ ކައުންސިލުގެދަށަށް ބަދަލުކުރުމުގެ ވިސްނުމަކީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އިޢުލާނުވެސް ކުރެވުނު ފިކުރެއް ކަމަށާއި ހަމަ އެ ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރައީސަކަށް އިންނަވައިގެން ފުލުހުންގެ މުއައްސަސާ ޢާއިމެދު ދައްކަވާ ވާހަކަފުޅުތަކަށް ކަންބޮޑުވާ ކަމަށެވެ.

"ސިފައިން ވަނީ އެއްވެސް ހަތިޔާރެއްގެ ނެތް ރައްޔިތުންގެ ތެރެއަށް ބަޑިޖަހާފަ! ދެން ޖެހޭނީ އެންޑީއެފްގެ ނަމާ ކުލައާ ބަނޑޭރިގޭގެ ނަން ވެސް ބަދަލުކުރަންތޯ؟" ވެސް އެފަދަ ބޭފުޅުން ސުވާލުކުރައްވައެވެ.

އެފަދަ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި ޢަރަބިއްޔާ ސްކޫލް އުވާލަން މަސައްކަތްކުރުމުން ކަންބޮޑުވެ ޖަވާބެއް ހޯދަން ރައީސް އޮފީސްދޮށަށް އެއްވި ދުވަހު މުސްކުޅިއެއް، މާބަނޑު މީހެއް ނުބަލައި ކުރި އަނިޔާތަކުގެ ވާހަކަ ނުދައްކައި މާ އާދައިގެ ކަންކަމުގެ ވާހަކަ އިންތިހާއަށް ބޮޑުކޮށްގެން މަޖިލީހުގައި ދައްކަނީ ރަނގަޅު ނިޔަތެއްގައި ކަމަށް ޤަބޫލުނުކުރެވޭ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް