އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަނަވަސްކަން އިތުރު ނުވާ އެންމެ ބޮޑު އެއް ސަބަބަކީ އަތަށް ފައިސާ އެރުމުން ﷲ ގެ ޙައްޤު ދޭން ފަސްޖެހުން!: މުފްތީ މެންކް

ތަނަވަސްކަން އިތުރު ނުވާ އެންމެ ބޮޑު އެއް ސަބަބަކީ އަތަށް ފައިސާ އެރުމުން ﷲ ގެ ޙައްޤު ދޭން ފަސްޖެހުން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ތަނަވަސްކަން އިތުރުވުމަށް ނުއެދޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ! ނަމަވެސް ތަނަވަސްކަން އިތުރުވާނީ ތަނަވަސްކަން ލިބުމުން އެއިގައި ހިމެނޭ ﷲ ތަޢާލާގެ ޙައްޤު އަދާކުރާނަމައެވެ. އެހެނީ ތަނަވަސްކަން ދެއްވަވަނީ ﷲ ތަޢާލާއެވެ. 

ތަނަވަސްކަން ދެއްވެވުމަށްފަހު ﷲ ތަޢާލާ އަންގަވަނީ އެކަލާނގެ މަގުގައި ހޭދަކުރުމަށެވެ. ފަޤީރުންނަށް އެހީތެރިވުމަށެވެ. ޞަދަޤާތް ދިނުމަށެވެ. ޒަކާތް ދިނުމަށެވެ. ނަމަވެސް މިއިން އެއްވެސް އަޑެއް އިވެނީ މަދު މީހަކަށެވެ! 

ނިކަން ވިސްނައިލަބަލާށެވެ! ﷲ ތައާލާ ތިބާއަށް ދެއްވަވާ ފައިސާއިން 100 ޕައުންޑް، ބޭނުން ނުކޮށް ތިބާގެ އަތުގައި އޮންނަތާ އަހަރުވުމުން ﷲ ތަޢާލާ މިއަންގަވަނީ އެއިން 2 ޕައުންޑް ބައި ﷲ މަގުގައި ހޭދަކުރުމަށެވެ. ޒަކާތް ދިނުމަށެވެ. ނަމަވެސް އެ 100 ޕައުންޑް މާރުކުރަން ބޭނުން ނުވާތީ ތިބާ އެ މަދު މިންވަރުވެސް ނުދެނީއެވެ. އެއިރު ތިބާއަށް އެ 100 ޕައުންޑް މާރުކޮށް ޚަރަދުކުރަން ނުޖެހި ތިބާ އަތުގައި ބޭއްވޭނެ ވަރަށް ތިބާއަށް ތަނަވަސްކަން ދެއްވެވި ﷲ ތައާލާގެ ދީލަތިވަންތަކަމާއިމެދު ވިސްނައެއް ނުލަމުއެވެ. 

މީސްތަކުންނޭވެ! ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ﷲ ތަޢާލާ ތަނަވަސްކަން އިރާކުރައްވަވައިފިނަމަ ﷲ ތަޢާލާގެ މަގުގައި ހޭދަކުރާށެވެ! ކާންހުރި އެތިކޮޅުގެ އެއްބައި ނަމަވެސް ދޭށެވެ! ކަދުރު އޮށެއްގެ ފަޅިވަރަކުން ނަމަވެސް ޞަދަޤާތްކޮށް ތިމާގެ ނަފްސް ނަރައިން ސަލާމަތްކުރަން އޮތް ޙަދީޘްފުޅަށް ޢަމަލުކުރާށެވެ! 

ޚާއްޞަކޮށް ޒަކާތްވާޖިބުވާ، ނިޞާބް ހަމަވާ 40 ޕައުންޑް އަތުގައި އޮތް ނަމަވެސް 1 ޕައުންޑް އަވަހަށް ޒަކާތަށް ދައްކާށެވެ! އެކަމުގެ ފައިދާ މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ފެނިގެންދާނެތެވެ! އެއީ އެއްވެސް ޝައްކެއްކުރަން އޮތް ކަމެއް ނޫނެވެ! އެހެނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރާ އަޅުންނަށް ނިޢްމަތްތައް އިތުރުކޮށް ދެއްވަވާނެކަން އެއީ ﷲ ތަޢާލާގެ ވަޢުދު ބަސްފުޅެކެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް