އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަޤީރަކު ކަމަކު އެދުމުން މާރުކުރި ފައިސާ ނެތިގެން އެހީނުވެ ފޮނުވާލުމަކީ މާރުކުރާނެ ފައިސާ ނުލިބިދާނެ ކަމެއް!: މުފްތީ މެންކް

ފަޤީރަކު ކަމަކު އެދުމުން މާރުކުރި ފައިސާ ނެތިގެން އެހީނުވެ ފޮނުވާލުމަކީ މާރުކުރާނެ ފައިސާ ނުލިބިދާނެ ކަމެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

އަމިއްލަ ވޮލެޓުގައި ފައިސާ ހުރެމެ ފަޤީރަކު ކަމަކު އެދުމުން އެވަގުތު އަތުގައި މާރުކުރި ކުދި ފައިސާ ނެތުމުން އެހީތެރި ނުވެ ފޮނުވައިލުމަކީ ފަހުން މާރުކުރާނެ ފައިސާ ނުލިބިދާނެ ވަރުގެ ބޮޑު ނުބައި ކަމެކެވެ. އެހެނީ ތިބާގެ ޖީބުގައި ފައިސާ ހުރިކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި ނިކަމެތި މީހާއަށް ދިން ޖަވާބުވެސް ވަގުތުން ދެނެވޮޑިގެންވެއެވެ! 

ތިބާގެ ޖީބުގައިި ހުރި ފައިސާއަކީ އެއްވެސް ޙާލެއްގައި ތިބާގެ މޮޅުކަމުން ހޯދިފައިވާ ފައިސާއެއް ނޫނެވެ! އެއީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން ޖީބަށްލާން ލިބިފައިވާ ފައިސާއެކެވެ. އެފައިސާ ތިބާގެ ޖީބަށްލާން ދެއްވެވި ފަދައިއިން އިތުރު ފައިސާއެއް ތިބާއަށް ނުދެއްވެވުމަށްވެސް ﷲ ތަޢާލާ ހަަމ ކުޅަދުންވަންތައެވެ! 

ވީމާ ޖީބުގައި އެވަގުތު މާރުކޮށްފައި ފައިސާ ނެތް ނަމަ މާރުކުރާށެވެ! މާރުކޮށްގެންވެސް އެމީހަކަށް އެހީތެރިވާށެވެ! އެއިރުން ތިބާއަށް ﷲ ތަޢާލާ މާގިނަ ފައިސާ ދެއްވަވާނެތެވެ! ﷲ ތަޢާލާގެ ރަޙްމަތް އިތުރުކޮށްދެއްވަވާނެތެވެ! އިންޝާ ﷲ 

ހަމައެޢާއިއެކު އިތުރު އެއްކަމެއް މި މަޤާމުގައި ހުރެ ފާހަގަކޮށްލާނަމެވެ! އަތަށް ފައިސާ އެރުމުން އެވަގުތު ނުފުދިފައި ހުރި ކަންކަން ފުއްދުމަށް ޚަރަދުކޮށް ހުސްކޮށްނުލާށެވެ! ބަޖެޓްކުރާށެވެ! އެ ބަޖެޓުގެ ތެރެއިން ޚަރަދުކުރާށެވެ! ބަޖެޓުކޮށްގެން ޚަރަދުކުރުމަކީ ކާމިޔާބީގެ ދެބައިކުޅައެއްބައެވެ. 

އެހެން މީހުންނާއި އެއްފެންވަރުގައި އުޅެން ދަރަނިވެރިނުވާށެވެ! އެމީހަކަށް ތަޢާލާ ދެއްވަވާ ފެންވަރުގައި އުޅެމުން ގެންދާށެވެ! ޒީނަތްތެރިކުރަންވީ ބޭރުފުށުގެ ކަންކަމެއް ނޫނެވެ. ގޭގ ފަރުނީޗަރެއްވެސް ނޫނެވެ! ލާ ފޭރާމެއްވެސް ނޫނެވެ. ޒީނަތްތެރިކުރަންވީ ތިމާގެ އަޚްލާޤެވެ! މީސްތަކުންގެ ކުރިމަތީގައި ޤަދަރު އުފުލިގެންދާނީ އެއިރުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް