އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައްލަކީ ކޮންމެ ދެބަސްވުމެއްގަ ވަރީގެ ވާހަކަ ނުދެއްކުން!: ޝައިޚް ޢަލީ ޒައިދު

ޙައްލަކީ ކޮންމެ ދެބަސްވުމެއްގަ ވަރީގެ ވާހަކަ ނުދެއްކުން!: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ވަރިކުރުމުގެ ޤަޞްދު ނެތި ވަރިކުރެވިގެން ނުވަތަ ވަރީގެ ބަސްގުނެވިގެން ވަރަށް ގިނަ ބައަކު ފަހުން ކަންބޮޑުވާ ކަމަށާއި އެކަމަށް އޮތް ޙައލަކީ ދެބަސްވާ ކޮންމެ ފަހަރަކު ވަރިއާއި ގުޅުވައިގެން ނުވަތަ އެނޫންވެސް ގޮތަކުން ވަރީގެ ވާހަކަ ނުދެއްކުން ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޚިޔާލުތަފާތުވެ ދެބަސްވުން އުފެދޭ ޙާލަތުގައި ވަރީގެ ބަސް ބުނެވުމުން އެކަމާއި ފަހުން ދެރަވެ މިވެނި ބަހެއް ބުނެވިއްޖެ ނަމަ ވަރިވާނެތޯ އޮޅުން ފިލުވަން ގިނަ ބައަކު ގުޅާ ކަމަށެވެ. އަދި އެކަމަށް އޮތް ޙައްލަކީ ރުޅވެރިކަމުގެ ވަގުތުގައި ވަރީގެ ވާހަކަ ނުދެއްކުން ކަމުގައެވެ.

ވަރިއާއި ހަމައަށް ދިއުމަކީ އެންމެފަހުން ކުރަން ޖެހޭ ކަންތައް ނަމަވެސް ރުޅިއަންނައިރަށް ވަރިއާއި ކަންކަން އެޅުވުމާއި ވަރީގެ ބަސް ބުނުމަކީ ގިނަބައަކަށް ކުރެވޭ ކަމެކެވެ. އެކަންކަމާއި ދެރަވެ ފަހުން ހިތާމަވެސް ކުރަން ޖެހެއެވެ.

ކޮންމެ ބަހަކީވެސް ބުނެ ބޭރުކޮށްނުލާހައި ހިނދަކު އެމީހާގެ އަޅެކެވެ. ބުނެވުމުން މީހާއަށް ޖެހެނީ ބަހުގެ އަޅަކަށްވާށެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް