އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހެން މީހުންނަށް ކަންކަން ކޮށްދޭން ވަގުތު ހޭދަކުރުމުގެ ކުރިން އަމިއްލަ ގޭތެރޭގެ ކަންކަން ފުރިހަމަކުރާށެވެ!: މުފްތީ މެންކް

އެހެން މީހުންނަށް ކަންކަން ކޮށްދޭން ވަގުތު ހޭދަކުރުމުގެ ކުރިން އަމިއްލަ ގޭތެރޭގެ ކަންކަން ފުރިހަމަކުރާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ގިނަ ބައަކު އެމީހުންނަށް ލިބޭ ހުރިހާ ވަގުތުތަކެއް ހޭދަކުރަނީ އެހެން މީހުންނަށް ކަންކަން ކޮށްދިނުމަށެވެ. އެހެން މީހުންނަށް ކަންކަން ކޮށްދިނުމަކީ ވަރަށް ރަނގަޅުކަމެކެވެ. އެކަން ކުރަންވާނެއެވެ. 

މައްސަލައަކަށްވަނީ އަމިއްލަ ގެއާއިމެދު އިހްމާލްވެވޭ ކަމެވެ. ގޭގައި ކުރަން ޖެހޭ ކަންކަން ނުކޮށް ހުންނަ ކަމެވެ. އަމިއްލަ އަނބިދަރިންނަށް ކޮށްދޭން ޖެހޭ ކަންކަމަށް އިހްމާލުވާ ކަމެވެ. އެއިރުން އަދި ކަންކަން އެކުރެވެނީ މުޅިން ރަނގަޅަކަށް ނޫނެވެ! 

ޞަދަޤާތްކުރުންވެސް ފަށަން ޖެހޭނީ އަމިއްލަ ޢާއިލާއިންނެވެ. ކަންކަން ކޮށްދިނުމުގައިވެސް ފުރަތަމަ އިސްކަން ދޭން ޖެހޭނީ އަމިއްލަ ޢާއިލާއަށް ދަތިވާ ކަންކަން ކޮށްދިނުމަށެވެ. ރަސޫލް (ޞޢވ) އަމިއްލަފުޅު ގަނޑުވަރުކޮޅުތަކުގެ ކަންކަން އަމިއްލަފުޅަށް ކުރެއްވެވިކަން އެއީ މިކަމުގެ ދަލީލެވެ! 

ފުރަތަމަ އަދާކުރަން ޖެހޭނީ އަމިއްލަ ޒިންމާތަކެވެ! ގޭތެރޭގެ ކަންކަން ފުރިހަމަކޮށްދިނުމަކީ ކޮންމެ މީހެއްގެވެސް އެންމެ ބޮޑު ފަރުދީ ޒިންމާއެވެ! ވީމާ ފުރަތަމަ އެ ޒިންމާ އަދާކުރާ މީހަކަށްވާށެވެ! އެއަށްފަހު ވަގުތު އޮތްވަރަކުން އެހެން މީހުންނަށްވެސް އެހީތެރިވާށެވެ! ދރިއުޅުން ކުރިއަރަމުންދާނީ އެއރުންނެވެ!

- މުފްތީ މެންކްގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް