އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައްޖާލުތައް ފައުޅުވެއްޖެއެވެ! މީސްތަކުން މިދަނީ ދައްޖާލުތަކުގެ ފިތުނައިގަ ފިތި އަޅުވެތިވަމުން ކަމުގެ ހެކި މިހިރީ ފެންނާށެވެ!: މުފްތީ މެންކް

ދައްޖާލުތައް ފައުޅުވެއްޖެއެވެ! މީސްތަކުން މިދަނީ ދައްޖާލުތަކުގެ ފިތުނައިގަ ފިތި އަޅުވެތިވަމުން ކަމުގެ ހެކި މިހިރީ ފެންނާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 14 ސިކުންތު

ﷲ ތައާލާގެ ދީނާއި މީސްތަކުން ދުރުކުރަން މަސައްކަތްކުރާ ކޮންމެ މީހަކީ ދައްޖާލެކެވެ. ކޮންމެ ދައްޖާލަކީ އެންމެ ބޮޑު ދައްޖާލުކަމުގައިވާކަށް ނުޖެހެއެވެ! ދައްޖާލުކުރާނެ މަސައްކަތް ކުރާ ކޮންމެ މީހަކީވެސް ދައްޖާލެކެވެ. ބޮޑު ދައްޖާލު ފައުޅުނުވާއިރުވެސް ދައްޖާލުގެ ފިތުނައިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އެ ސަބަބަށްޓަކައެވެ. އެކަމަށް އެދި ކޮންމެ ނަމާދެއްގެ ފަހު އައްތަޙިއްޔާތުގައި މިގެންދަނީ ދުޢާކުރަމުންނެވެ. 

ދައްޖާލުގެ މާނައަކީވެސް މީސްތަކުން ދީނާއި ދުކުރުކުރުވާ މީހާއެވެ. ޤިޔާމަތްވާން ކައިރިވުމުން ފައުޅުވާ އެންމެ ފަހުގެ ބޮޑު ދައްޖާލުގެ ކުރިން ކުދި 30 އަށްވުރެ ގިނަ ދައްޖާލުން ފައުޅުވާނެތެވެ. އެ ހުރިހާ ދައްޖާލުންވެސް ކުރާނެ ކަމަކީ މީސްތަކުން ދީނާއި ދުރުކުރުވުމުގެ މަސައްކަތެވެ. އެންމެފަހުން ފައުޅުވާ ބޮޑު ދައްޖާލުވެސް ކުރާނީ ހަމަ އެ މަސައްކަތެވެ.  

މިއަދުގެ ދުނިޔެއަށް ބަލައިފިނަމަ "ތިމަންމެން ބުނާ ގޮތަށް ކަންތައް ނުކުރާނަމަ އިޤްޠިޞާދީ ފިއްތުންތައް ކުރިމަތިކުރުވާނެ ކަމަށާއި އަދި ތިމަންމެން ބުނާ ގޮތަށް ކަންތައް ކުރާނަމަ އިޤްޠިޞާދު ކުރިއަރުވައިދޭނެ ކަމަށް" ބުނެ އިސްލާމް ދީނާއި މީސްތަކުން ދުރުވާނެ ގޮތަށް ކަންކަން ކުރަން ބުނަނީވެސް ދައްޖާލުންނެވެ. އެމީހުން ބުނާ ބަސް ޤަބޫލުކޮށް އެގޮތަށް ޢަމަލުކުރުމަކީ ދައްޖާލުންނަށް ތަބަޢަވުމެވެ.  

މިބާވަތުގެ ބަސްތައް ބުނާ މީހުންގެ ކިބައިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. އެމީހުން އެ ފަތުރަނީ ދައްޖާލުގެ މަސައްކަތެވެ. އެމީހުން އެކުރަނީ މީސްތަކުން ދީނާއި ދުރުކުރުވުމުގެ މަސައްކަތެވެ.  

މިކަން އެނގޭ އެންމެ ބޮޑު އަސާސަކީ ދައްޖާލަށް ކިޔަމަންވެ އޭނާއަކީ ކަލަކުކަމަށް ޤަބޫލުކުރުމުން އޭނާ ދަނޑުހައްދަން ފެންދޭނެއެވެ. އެކަމުގެ ސަބަބުން މީސްތަކުން މުއްސަނދިވާނެއެވެ. އެކަމުގެ ދަހިވެތިކަމުގައި ގިނަބައަކު އޭނާއަކީ ކަލަކު ކަމަށް ޤަބޫލުކުރާނެއެވެ. ވީއިރު މިއަދު މިކުރަނީ ހަމަ އެއްކަމެއް ނޫން ހެއްޔެވެ؟ އޭނާއަށްވެސް އެކަން ކުރެވެނީ އެކަމުގެ ބާރު އޭނާއަށް ﷲ ތަޢާލާ ދެއްވެވުމުންނެވެ. ޤަުމުތަކާއި ބާރުތަކަށްވެސް މިއަދު ކަންކަން ކުރެވެނީވެސް ﷲ ތަޢާލާ އެމީހުންނަށް އެކަމަށް މަގުފަހިކޮށްދެއްވެވުމުންނެވެ.  

ދައްޖާލުގެ ކިބައިން ފެނިގެންދާނެ އަނެއްކަމަކީ ނުބައިކަންކަމަކީ ރަނގަޅު ކަންކަންކަމުގައި މީސްތަކުން ޤަބޫލުކުރުމެވެ. ހެޔޮ ބަސް ބުނާ މީހާއަކީ ނުބައި މީހެއް ކަމަށް ޤަބޫލުކުރެވި ނުބައިބަސް ބުނާ މީހާއަކީ ރަނގަޅު މީހަކު ކަމުގައި ޤަބޫލުކުރެވުމެވެ. ނަތީޖާއެއްގެ ގޮތުން ޢިލްމުވެރިން ނެތިގެންދާނެއެވެ. އަދި ޢިލްމު ނެތް މީހުންނަކީ ޢިލްމުވެރިންކަމުގައިވެގެންދާނެއެވެ.  

މިއަދު ހަމަމިކަންކަން މިދަނީ ފެންނަމުންނެވެ. ދައްޖާލުތަކުގެ ނުފޫޒު ފޯރުވޭ ފިތުނަވެރި މީޑިއާތަކުން މުސްލިމުންގެ ޚަބަރުތައް އޮޅުވައިލުމުން ދޮގަކީ ތެދުކަމަށްވެ އަދި ތެދަކީ ދޮގުކަމަށް ހަދައި މުސްލިމުން މިދަނީ އެމީހުންގެ އަޚުންނަކީ ހަތުރުން ކަމުގައި ހަދަމުންނެވެ. އަހަރެމެން މިވަނީ ގެއްލި ނިމިފައި ނޫންހެއްޔެވެ؟  

ހަތަރުވަނަކަމަކީ މީސްތަކުން ބާރުވެރިކަމަށް ދަހިވެތިވުމެވެ. ބާރު ލިބިގަތުމަށްޓަކައި ދައްޖާލާއި ބައިވެރިވާ ބައަކު އުޅޭނެއެވެ. އެއީ އެމީހުންނަށް ދައްޖާލުބާރުދޭތީއެވެ. މިއަދު މިވަނީ ކިހިނަކުން ހެއްޔެވެ؟ ތިމާއަކީ ބާރުވެރިއަކަށްވުމަށްޓަކައި ދުނިޔޭގައި މިތިބަ ދައްޖާލުން ބުނާހައި ނުބައި އަމަލުތައް މިއަދު ނުކުރޭ ހެއްޔެވެ؟ އެމީހުން އެ އަޅުކަންކުރަނީ އިބިލީހަށެވެ. ބަދަލުގައި އިބިލީސް އެގެންދަނީ އެމީހުން ބާރުވެރިކުރުވަމުންނެވެ. އިބިލީސް ކުރުވަން ބޭނުންވާހައި ނުބައި ޢަމަލުތަކެއް އެމީހުން ލައްވައި އެގެންދަނީ ކުރުވަމުންނެވެ. އެއީ ކިތަންމެ ގިނަ ބައަކު މރުން ނުވަތަ ޝަހީދުކުރުން ކަމުގައިވީނަމަވެސްމެއެވެ.  

ހަމައެއާއިއެކު މިއަދު މިއުޅޭ މިޔުޒިޝިއަނުންނަކީވެސް މީގެތެރޭގައި ހިމެނޭ ބައެކެވެ. ﷲ ތަޢާލާގެ ގެކޮޅުގައި އެމީހުންގެ ނަންތައް ކިޔަން ބޭނުމެއް ނޫނެވެ. އެމީހުން ލައްވާ ޝައިޠޯނީ އަޑުތަކަށް ހެއްލި މީސްތަކުން މިދަނީ ﷲ ތަޢާލާ އާއި ދުރުހެލިވަމުންނެވެ. ލަވަތައް ކަމަށް ބުނެ ކިޔާ ތަކެތި މިހާރު އެވަނީ އަވަގުރާނައަށްވުރެވެސް ނުބައި ޙާލަތުގައެވެ. އެހެންކަމާއިއެކުވެސް އެބުނާ މިޔުޒިކާއި ނުލައި އެއްވެސް މީހަކަށް އެއްވެސް ކަމެއް މިއަދު ކުރެވޭކަމަސް ނުވާ ޙާލަތަށް މިއަދު ކަންކަން މިވަނީ ގޮސްފައެވެ!  

"ޔާ ﷲ! ދައްޖާލުތަކުގެ ފިތުނައިން އަލަމެންނާއި އަލަމެންގެ ދަރިފަސްކޮޅު ސަލާމަތްކުރައްވަވައި ދެއްވަވާނދޭވެ! އާމީން 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް