އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ކުޅޭ ގޭމްގެ ސަބަބުން ދަރިންގެ ޅަޢުމުރުގަ ނަރަކައަށް ފޮނުވާ މައިން ބަފައިން ދަނީ ގިނަވަމުން! ﷲ އަށް ބިރުވެތިވޭ!: މުފްތީ މެންކް

ދަރިން ކުޅޭ ގޭމްގެ ސަބަބުން ދަރިންގެ ޅަޢުމުރުގަ ނަރަކައަށް ފޮނުވާ މައިން ބަފައިން ދަނީ ގިނަވަމުން! ﷲ އަށް ބިރުވެތިވޭ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ތިމާ އެންމެ ލޯބިވާ ދަރިފުޅަށް މަކަރުހެދުމާއި މީހުންނަށް އަނިޔާކުރުން ފަދަ ނުބައި ކަންކަން ކުރަން ދަރިންނަށް ދަސްކޮށްދެވެނީ މައިންބަފައިންނަށްކަން އިޙްޞާޞް ކުރެވެނީ ކިތައް މައިންބަފައިންނަށް ހެއްޔެވެ؟ 

"ނޫން! އެފަދަ އެއްވެސް ކަމެއް ކުރަން އަހަރެން ދަސްކޮށެއް ނުދެން! އަދި ހިތްވަރެއްވެސް ނުދެން! އެފަދަ ކަންކަން ނުކުރަންވެސް ބުނަން! ނަޞޭޙަތްވެސް ދެން! އެކަންކަން ދަސްކޮށްދިނީ އަހަރެމެންނެއް ނޫން!" ނޫން ކަމަށް ކިތަންމެ ބާރަށް ވެސް ބުނެވިދާނެއެވެ. 

އެފަދައިން ބުނާ މީހުންނާއި ކޮށްލަން ބޭނުންވާ ސުވާލަކީ ގޭމްކުޅެން ފޯނު ދެން ހެއްޔެވެ؟ ދަރިފުޅު ފޯނުން ނުވަތަ އެނޫންވެސް ވަސީލަތަކުން ކުޅޭ ގޭމް ބަލަން ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ބެލެނިވެރިންނޭވެ! މައިންބަފައިންނޭވެ! މިއަދު ކުޅޭ ބައެއް ގޭމްތަކުން ގިނަ ޕޮއިންޓް ލިބެނީ އެންމެ މޮޅަށް މަކަރު ހެދުމުންނެވެ. މޮޅަށް ވައްކަންކުރުމުންނެވެ. އެވަރުން ނުވެގެން ބަރަހަނާވީވަރަކުން ގިނަ ޕޮއިންޓް ލިބޭ ގޭމްތައްވެސް މިހާރު ވަނީ ތަޢާރަފްކޮށްފައެވެ.  

ތަބާގެ ދަރިފުޅު ކުޅެނީ މިއިން ބާވަތެއްގެ ގޭމެއް ކަމަށްވެއްޖެ ނަމަ ދަރިފުޅުގެ ޙާލަކީ ކޮބައިހެއްޔެވެ؟ ޅަޢުމުރުގައި ދަސްވާ މިފަދަ ކަންކަމުގެ އަސަރު މުޅި އުމުރަށް ކުރާނެއެވެ! ބޮޑުވުމުން ކުރާ ކަންކަމުގައި މަކަރުހަދާނެއެވެ. ވައްކަންކުރާނެއެވެ! އަދި ބަރަހަނާއަށް އުޅުމަކީ މާބޮޑުކަމެއްކަމަކަށްވެސް ނުދެކޭނެއެވެ.

މިފަދަ ގޮތަކަށް ދަރިން ބޮޑެތި ކުރެވިއްޖެ ނަމަ އެއީ ދަރިން އެކުދިންގެ ޅަފަތުގައި ނަރަކައަށް ފޮނުވާލުން ނޫން ކޮންކަމެއްހެއްޔެވެ؟  

ރަނގަޅަށް ހަނދާންކުރާށެވެ. ކުރިން މިބަޔާންކުރި ފަދައެއްވެސް ޢަމަލެއް ގޭމެއް ކޫލެންވެސް ކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ! އިސްލާމް ދީނުގައި އެކަންކަން ވަނީ މަނާކުރެވިފައެވެ. ވައްކަންކުރުމާއި މަކަރުހެދުމާއި މީހުންނަށް ލަނޑުދިނުމާއި ބަރަހަނާވުމަކީ ގޭމެއް ކުޅެން ނަމަވެސް ހަމަ ޙަރާމް ކަންކަމެވެ. ގޭމެއް ކުޅެން ކުރި ކަމަކަށްވުމުން ކަމުގެ ޙުކުމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. 

މައިންބަފައިންގެ އިހުމާލުން ދަރިންނަށް ކުރިމަތިވާ މިފަދަ ކަންކަމުގެ ފުރިހަމަ ޒިންމާ ﷲ ތަޢާލާގެ ޙަމްރަތުގައި އުފުލަން އުފުލަން މައިންބަފައިންނަށް ޖެހޭނެއެވެ! ވީމާ ދަރިންނަށް ވަސީލަތްތައް ދިން ނަމަވެސް ދަރިންކުރާ ކަންކަމަށް ފާރަވެރިވާށެވެ! ބަލައި ޗެކުކުރަމުން ގެންދާށެވެ! ދަރިންނާއި ތިމާމެންގެ ނަފްސްތައް ނަރަކައިން ސަލާމަތްކުރަން ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ!

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް