އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންނަ ރުޅިމަތީގަ ކައިވެނި ރޫޅާލައި ޝައިޠޯނާ ހެއްވާލުމުގެ ކުރިން މިކަންކަން ދެނެގަންނާށެވެ!

އަންނަ ރުޅިމަތީގަ ކައިވެނި ރޫޅާލައި ޝައިޠޯނާ ހެއްވާލުމުގެ ކުރިން މިކަންކަން ދެނެގަންނާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

ދިރިއުޅުމުގެ ކޮންމެ ކަމަކަށް ގޮތް ނިންމި ނަމަވެސް ނިންމަންވާނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ. ނިންމާގޮތުގެ ސަބަބުން ދެން ކުރިމަތިވެދާނެ މައްސަލަތަކަށެވެ. ޚާޢްޞަކޮށް އެކަމެއް މިނިންމަނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށްކަން ޔަޤީންކުރަންވާނެއެވެ! 

ކަން މިހެން އޮތް ނަމަވެސް މިހާރަަށް އައިސް ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހާ ކުރަން ބޭނުންވާ ކަންތައް ވަގުތުން ކުރުމަށެވެ. އަޅަން ބޭނުންވާ ފިޔަވަޅު ވަގުތުން އެޅުމަށެވެ. އެންމެ ކުޑަމިނުން އެކަމެއް ކުރުމުން ދެން މެދުވެރިވެދާނެ ވިސްނާލަންވެސް ބޭނުމެއް ނުވެއެވެ. 

އަހަރެންނަށް މިހައިތަނަށް ލިބިފައިވާ މައްލޫމާތަށްބަލާއިރު ރޫޅައިލާ ކައިވެނިތަކުގެ 80 އިންސައްތައަށްވުރެ ގިނަ ބައަކު ކައިވެނި ރޫޅައިލެވުނީތީ ހިތާމަކުރެއެވެ. އެއިގެ ތެރެއިން 60 އިންސައްތަ މީހުން އަނބުރައި ރުޖޫޢަކުރެއެވެ. އެކި މުޖުތަމައުތަކުގައި ޢަދަދުތައް ތަފާތުވެދާނެއެވެ. 

ކޮންމެއަކަސް ކުރެވޭ ވަރިތަކަށް ބަލައިފިނަމަ ގިނައިން ވަރިކުރެވިފައި އޮންނަނީ މާބޮޑު މައްސަލަތަކެއް ކުރިމަތިވެގެނެއް ނޫނެވެ. ކޮންމެވެސް ކަމަކާ އަންނަ ރުޅީގައެވެ. އަދި މިކުރެވެނީ ވަރިކަމާއިމެދު ނުވެސް ވިސްނައި ވަރީގެ ބަސްތައް އެބަ ބުނެއެވެ. މިފަދަ ގޮތްގޮތަށް ވަރިކުރުމަކީ އަހަރެންގެ ކުރިމަތީގައި ހަމަ ބޮޑުފާފައެކެވެ. 

މިފަދަ މިންވަރަށް ރުޅިގަދަވަނީ އެމީހާގެ މައްޗަށް ޝައިޠޯނާގެ ބާރުގަދަވެފައިވީމައެވެ. ވިސްނާލަން ފުރުޞަތު ދީފިނަމަ ވަރިނުކޮށްފާނެތީ އެފުރުބަތުވެސް ނުދީ ވަރިކުރުވަނީއެވެ. އެއީ އެންމެ ބޮޑު އިބިލީހުގެ ދަރުބާރުގައި އެންމެ މަތީ ދަރަޖަ ލިބޭކަމަކަށްވާތީ އެދަރަޖަ ހޯދުމަށެވެ! 

ވިސްނާލަންވީ ފުރަތަމަ ކަމަކީ ވަރިކުރުމަކީ ﷲ ތަޢާލާ އެކަމެއް ހުއްދަކުރެއްވެވި ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަންތައް ކަމެވެ. އެވަރުގެ ބޮޑުކަމެއް އަންނަ ރުޅިމަތީގައި ކޮށްލާ މީހުންގެ ޙާލަތާއިމެދު އަހުރެން ހިތާމަކުރަމެވެ. އެހެނީ އެމީހާ އެދޫކޮށްލަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމެވެ. އުފާކޮށްދެވެނީ އިބިލީހެވެ! 

ނިކަންވިސްނައިލަބަލާށެވެ! ޤިޔާމަތް ތިބާ ނިކަމެތިކަމާއިއެކު ހުއްޓިހުންނަން ޖެހޭނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ތިބާއަށް ކުރެވިފައިވާ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ޢަމަލުތައް ގިނަވެ ނަރަކައަށް ވަންނަން ޖެހިއްޖެ ނަމަ އިބިލީސް އުފާކުރާނެއެވެ! 

ތިމާ ވަންނަން ޖެހޭނެ ތަނަކީ ނަރަކަކަން އިބިލީހަށް އެންމެކުރިންސުރެ އެނގެއެވެ. އަހަރެމެން އުންމީދުކޮށް މަސައްކަތްމިކުރަނީ ސުވަރުގެ ވަނުމަށެވެ. އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ހިތްދަތިކަމާއި މާޔޫސްކަން ލިބިގެންދާނީ އެމީހަކީ ނަރަކައަށް ވަންނަން ޖެހޭ މީހެއްކަމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާ ވަގުތުގައެވެ. ބިރުވެތިވާންވީ އެވަގުތަށެވެ. 

އެކުގައި އުޅެވެން ނެތިގެން ކައިވެނި ރޫޅާލަން ޖެހުނު ނަމަވެސް އެކަންކުރަން އޮތް ރިވެތިގޮތުގައިކުރާށެވެ! އެއީ އަންނަ ރުޅިމަތީގައި ހުރެ ކޮށްލާ ކަމަކަށް ނުހަދާށެވެ! ދެމީހުންގެވެސް އަބުރާއި ޤަދަރު ގެއްލުވާނުލައި ޞުލޙަވެރިކަމާއިއެކު އެކަންކުރާށެވެ! ދީނުގައި ބަޔާންވެގެންވާ ފަދައިން ޢިއްދައިގެ މުއްދަތުގައި އަނބިމީހާގެ ޙައްޤުތައް އަދާކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް