އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ގިނަ ބައަކަށް މާޔޫސް ބަލި ޖެހެނީއެއް ނޫނެވެ! ލޯބިވާން ތިބި މީހުން އެބަލި ޖައްސުވަނީއެވެ!: މުފްތީ މެންކް

އެންމެ ގިނަ ބައަކަށް މާޔޫސް ބަލި ޖެހެނީއެއް ނޫނެވެ! ލޯބިވާން ތިބި މީހުން އެބަލި ޖައްސުވަނީއެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ބައެއް މީހުންނަށް ހީވެފައި އޮންނަނީ މާޔޫސް ބަލި (ޑިޕްރެޝަން)ގެ މައްސަލަތައް ކުރިމަތިވަނީ ޙާޞިލުކުރަން މަސައްކަތްކުރާ ކަންކަން ޙާޞިލުނުކުރެވުމުން ކަމަށެވެ. ނަމަވެސް އެއީ ހަމަ މުޅިން ގޯސް ހިސާބެކެވެ. އެންމެ ގިނަ ބައަކަށް މާޔޫސްބަލި ޖެހެނީ އެހެން މީހުން އެމީހަކަށް ބުނާބަސްތަކުންނެވެ. އެހެން މީހުން އޭނާއާއިމެދު ޢަމަލުކުރާގޮތުންނެވެ. 

ވީމާ ކޮންމެ މީހަކަށް ބަހެއް ބުނި ނަމަވެސް އެމީހާޢަށް އެކަމުން އަސަރު ނުކުރާނެ ގޮތާއިމެދު ވަރަށްބޮޑަށް ވިސްނަންވާނެއެވެ! އެމީހަކަށް ހިތްދަތިކަމެއް ނުލިބޭނެ ގޮތަށް ބަސްމަގު ބޭނުންކުރަން ސަމާލުކަންދޭންޖެހޭނެއެވެ! ހިތާމައަކީ މިފަދަ ކަންކަން މިއަދު އެންމެ ބޮޑަށް ކުރިމަތިވަނީ ޢާއިލާތެރެއިންކަމަށްވާކަމެވެ! 

ކުރަން އުޅޭ ކަމެއް ނުވުމުން އެލިބޭ ދެރަ ހަނދާނުން ފިލުން ފަސޭހަވާނެއެވެ. ނަމަވެސް ދެރަވާންޖެހޭ ޒާތުގެ ބަސްތައް އަބަދު އަޑުއިވެމުންދާނަމަ އެމީހަކަށް އަބަދުވެސް ދާނީ ވޭން އަޅަމުންނެވެ. ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

މީހަކު ދެކެ ކިތަންމެ ހިތްހަމަނުޖެހުނު ނަމަވެސް ދެރަކޮށްލުމުގެ ގޮތުން ހިތުގައި ޖެހޭ ފަދަ ނުބައި ބަސްތައް ބުނުން އިސްލާމް ދީނުގައި ހުއްދައެއް ނޫނެވެ. ވީއިރު އަމިއްލަ ޢާއިލާތެރޭގައި އެފަދަ ބަސްތައް ބުނަން ހެޔޮވެދާނެ ހެއްޔެވެ؟ އެފަދަ ބަސްތައް ބުނުމަކީ ހިންގާ ބޮޑު ޖަރީމާއެކެވެ! ފާފަވެރިވާނެ ކަމެކެވެ!  

އަހަރެމެން ދުނިޔެއަށް ފޮނުއްވެވީ އެކަކު އަނެކަކަށް އަޅާލުންދީ ލޯބި ދިނުމަށެވެ! އެއްވެސް ބާވަތެއްގެ އަނިޔާއެއްކުރާކަށް ނޫނެވެ! އަނިޔާވެރިންނަށް ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ! ވީމާ ދުލުން ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެރި ޢަމަލެއް ނުކުރާށެވެ! 

- މުފްތީ މެންކްގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް