އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ޙައްލުކުރަން މިގޮތަށް ކަންތައް ކުރުމުން ﷲ މަގުދައްކަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ޙައްލުކުރަން މިގޮތަށް ކަންތައް ކުރުމުން ﷲ މަގުދައްކަވާނެ! އިން ޝާ ﷲ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހިއްޖެ ނަމަ ފުރަތަމަކަމަކަށް އޮތީ ވަރިކުރުމެއް ނޫނެވެ! އަދި ވަރިވާން ކޯޓަށް ދިއުމެއްވެސް ނޫނެވެ! ފުރަތަމަވެސް ދެމީހުން ވުޟޫކޮށްލާށެވެ! ތަނެއްގައި އިށީނދެ ތިބެ ތިމާމެންގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރާށެވެ! ކުށްކުރެވުނު ސަބަބު ވިސްނޭނީ އެއިރުންނެވެ. ދެން އަމަލުކުރަންވީ ރަނގަޅު ގޮތުގެ ވިސްނުން ދެއްވަވާނީވެސް އެއިރުންނެވެ.

ތިމާއަށް ވަނީ ގިނަ ފާފަތައް ކުރެވި އަދި ތައުބާވެސް ނުވެވި ކަމުގައިވާނަމަ ތިމާ ކަންތައް ކުރަންވީ ރަނގަޅު ގޮތުގެ ވިސްނުން ﷲ ތަޢާލާ ދެއްވަވާނެ ކަމަށް އުންމީދުކުރާނީވެސް ކިހިނަކުން ހެއްޔެވެ؟ ވީމާ ފުރަތަމަވެސް މިބުނި މަގުން ޢަމަލުކޮށް ތިމާމެންގެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދި ދަންނަވާށެވެ! އެއިރުން ﷲ ތަޢާލާ ރަހްމަތް ލައްވަވައި ރަނގަޅު މަގު ދައްކަވާނެތެވެ! އިން ޝާ ﷲ 

މީސްތަކުންނޭވެ! ކުށް ކުރެވުނު މީހާ އިޞްލާޙްވާނެ ކަމުގެ ކިރިޔާ ނިޝާނެއް ފެނުނު ނަމަވެސް އެކަން ބަލައިގަންނާށެވެ! އަހަރެމެްގެ ތެރެއިން ކުށް ނުކުރެވެނީ ކާކަށް ހެއްޔެވެ؟ ކުށް ކުރެވޭ ކޮންމެ ފަހަރަކު ޙައްލަކީ ކައިވެނި ރޫޅައިލުން ކަމުގައިވާނަމަ ކައިވެނިމަތީގައި ތިބެވޭނެ އެއްވެސް ދެމަފިރިއަކު ދުނިޔޭގައިވެސް ނުތިބޭނެއެވެ!  

ގެންގުޅޭ އަގުބޮޑު ކާރު ހަލާކުވާ ކޮންމެ ފަހަރަކު އެކާރު އެއްލާލާފައި އައު ކާރެއް ނުގަންނަމުއެވެ. އެކާރު ގަރާޖަކަށް ފޮނުވައި މަރާމާތުކޮށްގެން ބޭނުން ކުރަނީއެވެ! ދިރިއުޅުމަކީވެސް ހަމަ އެފަދަ ކަމެކެވެ. އަނބިމީހާއަށް ކުށެއް ކުރެވޭ އިރަށް ވަރިކޮށްފައި އެއްލާލަންވީއެއް ނޫނެވެ! ނުވަތަ ފިރިމީހާއަށް ކުށެއް ކުރެވޭއިރަށް ވަރިވާންވީއެއްވެސް ނޫނެވެ. އެކަކު އަނެކަކަށް މާފުކޮށްފައި ޖެހުނު މައްސަލަ ތަކުރާރު ނުކޮށް އުފަލުގައި ދިރިއުޅެން މަސައްކަތްކުރަންވީއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު