އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިދަރިންގެ ގައިގަ ނުތަޅާ ކުރާ އަނިޔާކުރުން ހުއްޓޭނެ މަގު: މުފްތީ މެންކް

އަނބިދަރިންގެ ގައިގަ ނުތަޅާ ކުރާ އަނިޔާކުރުން ހުއްޓޭނެ މަގު: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ބައެއް މީހުން އެހެން މީހަކު ދެކެ ރުޅިއައިސްގެން ހުރެ ގެއަށް ހިނގައިދާނެއެވެ. ގެއަށް ވަންނަ ވަގުތު އަނބިމީހާ ނުވަތަ ދަރިން ގޮވައިލަފާނެއެވެ. ނަމަވެސް ބޭރުން އައިއިރު އައިސްފައި ހުންނަ ރުޅީގެ ސަބަބުން އެމީހުންނަށް ރުންކުރު ޖަވާބު އެބަ ދެވެއެވެ. އަނބިމީހާ ނުތަ ދަރިންގެ އެއްވެސް ކުށެއް ނެތިއެވެ. މިކުރެވެނީ އެއްވެސް ކުށެއް ނެތް ބައަކަށް ކިހައި ބޮޑު އަނިޔާއެއް ހެއްޔެވެ؟ 

މިޙާލަތު މެދުވެރިމިވީ ކީއްވެގެން ހެއްޔެވެ؟ ރުޅީގައި ގެއަށް ވަނީތީއެވެ! ހިތްހަމަނުޖެހުނު މީހާއަށް މާފުކޮށްފައި އައިނަމަ މިޙާލަތު ކުރިމައްޗެއް ނުވާނެއެވެ! ގޭގައި އިންތިޒާރުގައި ތިބި އަނބިދަރިން ހިތުގައި ޖައްސައި ރޮއްވާކަށް ނުޖެހުނީހެވެ. އަޅަމެންނަކީ މީސްތަކުންނަށް މާފުކުރުމަށް އަވަސްވެގަންނަ ބައަކު ކަމުގައި ލައްވަވާށި! އާމީން 

މިބުނި ފަދަ ޙާލަތުގައި އަނބިދަރިންނަށް ކުނިމޫނުދައްކައި ހަރުކަށި ބަސް ބުނުމަކީ އެމީހުންގެ ގައިގައި އަތުން ނުތަޅައި ކުރާ އެންމެ ބޮޑުއަނިޔާއެވެ! އަތުން ތެޅުމަށްވުރެ މާބޮޑުއަނިޔާއެކެވެ. 

އެއަނިޔާ ކުރުން ހުއްޓައިލެވޭނެ މަގަކީ މީސްތަކުންނަށް މާފުކުރާ މީހަކަށްވުމެވެ. މާފުކުރުމުގައި ދީލަތި މީހަކަށްވުމެވެ! 

އަޑުއިވޭހެއްޔެވެ؟ ތަކުރާރުކޮށް ބުނަމެވެ! ތިބާ އެހެން މީހުންނަށް މާފުކުރާނަމަ އެއީ ޚުދު ތިބާއަށްޓަކައި ތިބާކުރާ ކަމެކެވެ! އެކަމުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ހަމަ ތިބާއަށެވެ! 

ދެން ބަލައިލަންވީ އެންމެ ގިނައިން، އަދި އެންމެ ފުރަތަމަ މާފުކުރަންވީ ކޮން ބައަކަށް ކަމެވެ. އެބައަކީ އަނބިދަރިންނާއި ޢާއިލާގެ މީހުންނެވެ. އެމީހުންނަކީ ތިބާ އާއި އެންމެ ގާތް މީހުންކަމުގައި ލެއްވެވީ ﷲ ތަޢާލާއެވެ. އެއީ ﷲ ތަޢާލާގެ ނިންމެވުމެވެ. ވީމާ އެ ނިންމެވުމަށް ފުރިހަމައަށް އިހްތިރާމްކުރަން ޖެހޭނެއެވެ. އިޙްތިރާމް ކުރުމަކީ އެމީހުންދެކެ ލޯބިވުމާއި އެމީހުންނަށް އެހީތެރިވާ މީހެއްގެ ގޮތުގައި ހުރުމެވެ. އެކަން ކުރެވޭނީ ކުރިމަތިވާ ކަންކަމަށް އެމީހުންނަށް މާފުކުރާ މީހަކުކަމުގައިވެގެންނެވެ. 

 

--މުފްތީ މެންކުގެ ދަރުސަކުން 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް