އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި

އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 34 ސިކުންތު

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައިސް އޮފީހުން ބުނެފައިވަނީ ޤާނޫނު ނަންބަރު 2015/27 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ "ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން" ގެ 3 މެންބަރުން އިސްތިޢުފާ ދެއްވާފައިވާތީ، ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ޢައްޔަންކުރުމަށްޓަކައި، އެ ޤާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތީން އިޢުލާނުކުރުމުން، އެކަމަށް އިޖާބަދެއްވި ހުރިހާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު