އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނީގެ ޝަރުޠުތައް ފުރިހަމަކޮށް ނުދެވޭނަމަ އަނބިން އަޅުވެތިކުރުމަކީ ފާފައެއް! ކައިވެނި ރޫޅާލަން އަވަސްވެގަންނަން ޖެހޭނެ!: މުފްތީ މެންކް

ކައިވެނީގެ ޝަރުޠުތައް ފުރިހަމަކޮށް ނުދެވޭނަމަ އަނބިން އަޅުވެތިކުރުމަކީ ފާފައެއް! ކައިވެނި ރޫޅާލަން އަވަސްވެގަންނަން ޖެހޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ކައިވެނިކުރުމަށްފަހު އެކުގައި ހޭދަކުރީ މަދު ދުވަސްކޮޅެއް ނަމަވެސް ގިނަދުވަސްތަކެއް ނަމަވެސް ކައިވެނި ރޫޅައިލުމަކީ ދެން އެހެން ގޮތެއް ނެތިގެން ނޫނީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ކައިވެނި ރޫޅައިލުމުން ސަލާމަތްކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ދެމަފިރިންވެސް ޢާއިލާއިންވެސް އަދި ހެޔޮއެދޭ މީހުންވެސް ކުރަންޖެހޭނެއެވެ. 

ހުރިހާ މަސައްކަތަކަށްފަހުގައިވެސް ކައިވެނި ރޫޅައިލުން ނޫންގޮތެއް ނެތިއްޖެ ނަމަ އެކަންކުރުން އަވަސްވެގަންނަންވާނެއެވެ. މިޒަމާނުގައި އެކަން ލަސްކުރުމަކީ އިތުރު މުޞީބާތްތައް ކުރިމަތިވާކަމެކެވެ. އިތުރު ފާފަތައް ކުރުމަށް މަގުފަހިވެގެންދާ ކަމެކެވެ. 

އަނބިމީހާ ކަމުނުގޮސްގެން ވަރިކުރަން ނިންމައިފިނަމަ (ވަރިކުރުން ނޫން ގޮތެއް ނެތްކަމަށް ނިންމައިފިނަމަ) އޭނާ އަޅުވެތިކޮށް އަނިޔާނުކުރާށެވެ! އޭނާގެ ޙައްޤުތައް އޭނާއަށް ދިނުމާއިއެކު އަވަހަށް ވަރިކުރާށެވެ! ވަރިކުރުމަށްފަހު ޢުއްދައިގެ މުއްދަތުގެ ޙައްޤުތައްވެސް އަދާކުރާށެވެ! އެކަންކަމަކީ ޤިޔާމަތް ދުވަހުވެސް އަދާކުރަންޖެހޭނެ ޙައްޤުތަކެކެވެ. 

ހަމައެއާއިއެކު އަނބިމީހާއަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް އަދާނުކުރެވޭނަމަ ކައިވެނީގެ އެއްބަސްވުން އެވަނީ ބާޠިލުވެފައެވެ. އެހެނީ ކައިވެނީގެ އިޤްރާރުގައި ސޮއިކުރުވައި ފިރިމީހާ އާއި އަނބިމީހާ ޙަވާލުކުރަނީ ވަރަށް ގިނަ ކަންތައްތަކެއް ޝަރުޠުކުރުވައިފައެވެ. އެއިގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ކާންބޯން ދިނުމާއި ބަލިވެއްޖެނަމަ ބޭސްފަރުވާކޮށްދިނުންފަދަ އަނބިމީހާއަށް ބޭނުންވާ ހުރިހާ ކަންކަން ހިމެނެއެވެ. މިހުރިހާ ކަންކްމުގެ އިތުރަށް ލޯތްބާއި އަލައިލުން ދިނުމާއި އެކުގައި އާޚިރަތް ހޯދަން މަސައްކަތްކުރުމަކީ އެންމެ މުހިންމު ޝަރުޠުތަކެކެވެ. 

މިކަންކަން ކޮށްނުދެވޭނަމަ އަނބިމީހާ އަޅުވެތިކޮށްގެން އެންމެ ދުވަހަކުވެސް ގެންގުޅެގެން ނުވާނެއެވެ. އަވަހަށް މިނިވަންކޮށް ދޫކޮށްލާށެވެ! ދެވަނަ ފިރިއަކާއިއެކު ޒަވާޖީ ހަޔާތެއް ފެށުމުގެ ފުރުޞަތު އަވަހަށް ފަހިކޮށްދޭށެވެ!  

ވަރިކުރާނަމަ ރަނުގެ ގޮތުގައި ދިންތަކެތި އަތުލައިގެންނުވާނެއެވެ. އެއީ ހުއްދަކަމެއް ނޫނެވެ. އެތަކެތި އަތުލައިފިނަމަ އެއިން ކުރާ ފައިދާއަށްވުރެ ލިބޭ ގެއްލުން މާބޮޑުވާނެއެވެ. ބަލިމަޑުކަމެއް، ކުރާ މަސައްކަތުން ގެއްލުން ލިބުން، ވަޒީފާ ގެއްލުން ފަަދ ކަމެއް މެދުވެރިވެގެންވެސް ތިމާއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ހިނގައިދާނެކަމަށް ބިރުވެތިވާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް