އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ރަނގަޅު ގޮތުގަ ތަރުބިއްޔަތުކުރަން މިދެކަންތަކަށް ސަމާލުކަންދީފިނަމަ ބަދަލު ފެންނާނެ! އިން ޝާ ﷲ: މުފްތީ މެންކް

ދަރިން ރަނގަޅު ގޮތުގަ ތަރުބިއްޔަތުކުރަން މިދެކަންތަކަށް ސަމާލުކަންދީފިނަމަ ބަދަލު ފެންނާނެ! އިން ޝާ ﷲ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

ކޮންމެ ދެފަރިއަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ ލިބިފައިވާ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމެވެ. އެއީ ހަމައެކަނި އެދުމެއްގެ ގޮތުގައި ބާއްވަންޖެހޭ ކަމެއް ނޫނެވެ. އެއީ ކޮންމެ ދެމަފިރިއަކާއިވެސް ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތެވެ. ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާނެ ކަމެކެވެ. ޖަވާބުދާރީވާން ޖެހޭނެ ކަމެކެވެ. 

ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސީދާމަގުގައެވެ. އިސްލާމް ދީނުގައެވެ. އެކުއްޖާ ނަޞާރީނުކުރަނީ ޔަހޫދީކުރަނީ، މަޖޫސީކުރަނީ އަދި އެހެން ކޮންމެ ދީނަކަށް ކުއްޖާ ވައްދުވަނީ ވެސް ކުއްޖާގެ މައިންބަފައިންކަން ޙަދީޘުން އެނގެން އެބައޮތެވެ. އަދި ކޮންމެ ކުއްޖަކު އުފަންވުމުން (ޢީޞާގެފާނު ފިޔަވައި) ޝައިޠޯނާ ކުއްޖާގެ މައްޗަށް ބާރުހިންގަން މަސައްކަތް ފަށައެވެ. 

Abu Huraira reported Allah's Messenger (ﷺ) as saying:

The mother of every person gives him birth according to his true nature. It is subsequently his parents who make him a Jew or a Christian or a Magian. Had his parents been Muslim he would have also remained a Muslim. Every person to whom his mother gives birth (has two aspects of his life) ; when his mother gives birth Satan strikes him but it was not the case with Mary and her son (Jesus Christ).

--Saheeh Muslim: 2659 a

ވީމާ ޝައިޠޯނާގެ ކިބައިން ދަރިން ސަލާމަތްކުރަން މަސައްކަތްކުރުމަކީ މައިންބަފައިންގެ ކިބައިގައި އެޅިފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތެވެ.

މިހާރަކަށް އައިސް ގިނަ ބައަކު އެންމެ ގިނައިން ކުރާ އެއް ޝަކުވާއަކީ އެމީހުންގެ ދަރިން ނަމާދު ނުކުރާ ކަމުގެ ޝަކުވާއެވެ. މިފަދަ މައްސަލަތަކަށް ބެލުމުން އެނގެނީ އެކަން އެގޮތަށް މެދުވެރިވަނީ މައިން ބަފައިންގެ އިހުމާލުން ކަމެވެ. 

ކުޑަކުދިންނަކީ އަބަދުވެސް މައިން ބަފައިން ކުރާ ކަންކަން ކޮޕީކުރާ ބައެކެވެ. އެކުދިން ކޮޕީ ކުރާނީ ހަމައެކަނި މައިން ބަފައިން ކުރާ ގޯސް ކަންތައްތަކެއް ނޫނެވެ. ރަނގަޅު ކަންތައްވެސް ކުރާނެއެވެ. ވީމާ ދަރިން ގޮވައިގެން ދަރިންނާއިއެކު ނަމާދުކުރާނަމަ ނަމާދު ކުރުމަށް ކުދިން ޝައުޤްވެރިވާނެއެވެ. 

މުސްލިމުން ދިރިއުޅޭ ބައެއް ޤައުމުތަކުގައި ގެއާއި އެހައި ކައިރީގައި މިސްކިތެއް ނުހުރެދާނެއެވެ. އެހެން ވެއްޖެ ނަމަ ކޮންމެ ފަހަރަކު މިސްކިތަށް ދިއުމަކީ އެހައި ކުރަން އެހައި ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެފަދަ ޙާލަތުގައި ގޭގައި ކުދިންނާއިއެކު ނަމާދުކުރާށެވެ. އެކަން ކުރަން ޖެހޭނީ "ދަމަކުން ބަޑިއެއް ޖަހާ" އުޞޫލަކުން ނޫނެވެ. އެއީ ޤަވާއިދުން ވަގުތުން ވަގުތަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ކުދިންނަށް ޤަބޫލުކުރެވޭނެ ގޮތަށް ޤަވާއިދުންނެވެ. މަންމަ އަށް ފެންވަރައިގެން ހުރެވޭ ވަގުތަކު، ބައްޕަ ވަރުބަލި ނުވާ ވަގުތަކު ނަމާދުކުރަން އުޅެގެން މި ބުނި މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. 

މި ބުނި މަޤްޞަދު ޙާޞިލު ކުރެވޭނީ އެންމެ ކުޑައިރުންސުރެ ދަރިންލައްވައި ނަމާދުކުރުވައިގެންނެވެ. މައިން ބަފައިން ނަމާދުކުރާތަން ދަރިންނަށް ދައްކައިގެންނެވެ. ބައެއް މައިން ބަފައިން ނަމާދުކުރަންވުމުން ކުދިން ކޮޓަރިނެ ބޭރަށް ނެރެލައެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ކުދިންގެ ކިބައިން އުނދަގުލެއް ވީނަމަވެސް ނަމާދުކުރަންވީމާ ކުދިން ބޭރުކޮށްލައި ކޮޓަރި ތަޅުލައިގެން ނުވާނެއެވެ. ކުދިންގެ ކިބައިން ލިބޭ އުނދަގުލަށްވުރެ ނަމާދުކުރާތަން ކުދިންނަށް ފެނުމުން ނަމާދުކުރަން ކުދިންގެ ހިތުގައި އުފެދޭ ޝައުޤުވެރިކަމުގެ ފައިދާ މާބޮޑުވާނެއެވެ. 

އަދިވެސް ކަމެއް ފާހަގަކޮށްލާނަމެވެ. ނަމާދުން ފައިބައިގެން ގެއަށް ވަނުމާއިއެކު ޓީވީ ހުޅުވައިގެން ބަލަން އިށީނުމަކީ ނުވަތަ ފޯނާއި ކުޅެން ފެށުމަކީ ކުދިންނަށް ދެވޭ ވަރަށް ނުބައި ތަރުބިއްޔަތެކެވެ. ކުދިން ގޮވައިގެން ގޭގައި ނަމާދުކުރި ނަމަވެސް މިސްކިތުގައި ނަމާދުކުރި ނަމަވެސް ނަމާދު ނިމުމުން ކީރިތި ޤްރުއާނުން މިންވަރެއް ކިޔަވައިލުމަކީ ކުދިންގެ ހިތުގައި ކީރިތި ޤްރްއާން ކިޔެވުމަށް ޝައުޤުވެރިކަން އިތުރުވާނެ ކަމެކެވެ. ވީމާ މިސްކިތުން ފައިބައިގެން ގޮސް ގެއަށް ވަނުމަށްފަހުގައިވެސް ފުރަތަމަ ކަމެއްގެ ގޮތުން ކީރިތި ޤްރުއާން ކިޔަވައިލާށެވެ!

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް