އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކަންކަން ދުނިޔޭގަ ނުކުރެވުނީތީ ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ 6 ކަންތައް!

އެކަންކަން ދުނިޔޭގަ ނުކުރެވުނީތީ ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ 6 ކަންތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

މިރޭ ބުނެދޭން މަސައްކަތްމިކުރަނީ މީސްތަކުން އެންމެ ބޮޑަށް ކަންބޮޑުވާނެ ދުވަހު، ޤިޔާމަތް ދުވަހު ދުނިޔޭގައި ހުރިއިރު އެކަމެއް ނުކުރެވުނީތީ އެންމެ ބޮޑަށް ދެރަވެ ހިތާމަކުރާނެ ކަންކަމުގެ ތެރެއިން ބައެއް ކަންކަމުގެ ވާހަކައެވެ. އެގޮތުން 6 ކަމެއް ފާހަގަކުރަން މަސައްކަތްކުރާނަމެވެ

ފުރަތަމަ ކަމަކީ ކީރިތި ޤުރްއާން ނުކިޔެވުނުކަމެވެ. ޚާއްޞަކޮށް ބަޤަރާ ސޫރަތް ނުކިޔެވުނުކަމެވެ. ކިޔެވިނަމަ ތިބާއަށް ޤުރްއާން ޝަފާޢަތްތެރިވާނެއެވެ. އެނިޢުމަތް ނުލިބުމުން ކުރަންޖެހޭނެ ހިތާމައިގެ ބޮޑުކަން އިޙްޞާޞްކުރެވޭނީ ކިޔެވި މީހުންނަށް ޤުރްއާން ޝަފާޢަތްތެރިވުމުގެ ސަބަބުން ސުވަރުގެ ވައްދަވާ މަންޒަރު ފެނުމުންނެވެ. 

ދެވަނަ ކަމަކީ ގޭގައި ނަމަވެސް އެހެންތަނެއްގައި ނަމަވެސް އަދި ކިތަންމެ ބޮޑު ތަނެއްގައި ނަމަވެސް ކިތަންމެ މަދުބައަކު ނަމަވެސް އަދި ގިނަ ބައަކު ނަމަވެސް ބައްދަލުވުމެއް ބާއްވައި އެބައްދަލުވުމުގައި ﷲ ތަޢާލާ ހަނދުމަނުކުރުމެވެ.

ތިންވަނަ ކަމަކީ މީސްތަކުންގެ ތަޢްރީފް ލިބިގަތުމަށާއި މަތީމަޤާމް ބޭނުންވެގެން އެކަމަށް ދަހިވެތިވުމެވެ. މަޤާމަށް ކުފޫ ހަމަނުވިނަމަވެސް މަޤާމަށް ދަހިވެތިވެ ލިބިފައިވާ މަޤާމް ދޫކޮށްލަން ބޭނުންނުވުމެވެ. އަބަދުވެސް މަތީ މަޤާމްހޯދަން ވާދަކުރުމެވެ. 

ހަތަރުވަނަ ކަމަކީ ދެއްކުންތެރިކަމުގެ ނިޔަތުގައި އަޅުކަންކުރުމެވެ. އެފަދަ މީހުން ކިތަންެ ގިނަ އަޅުކަމެއްކޮށް ބޮޑެތި ފަރުބަދަތައް ހައި ގިނަ އަޅުކަމުގެ ފުނިވަރުތައް ހިފައިގެން ޤިޔާމަތް ދުވަހު ދިއަ ނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ! އެއަޅުކަންތައް ކުރަން ކިތަންމެ ގިނަ މަސައްކަތްތަކެއް ކޮށްފައިވީނަމަވެސްމެއެވެ. ކިތަންމެ ގިނަ ރޯދަހިފައި ކިތަންމެ ގިނަ ރޭއަޅުކަންކޮށްފައިވީނަމަވެސްމެއެވެ. 

ފަސްވަނައީ މީސްތަކުންނަށް ނުބައި ބަސްބުނެ، ދެބައުޑުވައި ޣީބަބުނެ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެ އެބާވަތުގެ އަމަލުތައްކޮށްފައިވުމުން ބަދަލުދޭންޖެހޭ މީހުންނެވެ. އެމީހުންނަށް ޖެހޭނީ އެމީހުންކުރި ކަންކަމަށް ބަދަލުދޭށެވެ! ބަދަލުދީ އަތުގައިހުރި ޘަވާބު ހުސްވުމުން ދެން ޖެހޭނީ އެހެންމީހުން ކޮށްފައިވާ ފާތަކުގައި ހިފައި އަމިއްލަކޮނޑުގައިޖަހާށެވެ! ތިމާ ދުވަހަކު ނުވެސްކުރާ ފާފަތައް ކޮނޑުޖަހައިގެން ނަރަކައަށް ވަންނާށެވެ! 

ހަވަނައީ ޤިޔާމަތް ދުވަހަށް ތައްޔާރުނުވެވުމެވެ. މަރުވާނެކަމާއި ކައްވަޅުގައި ޒަމާންތަކެއް ހޭދަކުރަންޖެހޭނެ ކަމާއި ތާލަފިލި ފުމެލެއްވެވުމުން ކައްވަޅުން ތެދުވެ މަޙްޝަރުކުރެވޭނެކަން އެނގޭއިރު އެކަންކަމަށް ތައްްޔާރުނުވެ ހުއްޓައި މަރުވެއްޖެ ނަމަ ކުރަންޖެހޭނެ ހިތާމައިގެ ބޮޑުކަން އެނގިގެންދާނީ ހަމަ ޤިޔާމަތް ދުވަހުއެވެ! 

ދުޢާއަކީ އަހަރެމެން އެންމެންނަކީ މިކަންކަމަށް ވިސްނައިގެން ސުވަރުގެ ލިބުން އެދިގެން ދުނިޔޭގައި ތިބެ މަސައްކަތްކުރާ ، ޤިޔާމަތް ދުވަހު މިއިން ޙާލަތެއް ކުރިމަތިނުވާނެ މީހުން ކަމުގައި ލައްވަވައިދެއްވެވުމެވެ. އާމީން

- ޝައިޚް އަޙްމަދު ޢަލީގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް