އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިންބަފައިންނަށް ޚިދުމަތްކުރުމަކީ ސުވަރުގެ ލިބުމަށް އޮތް އެންމެ ފަހި އެއް މަގު- މަގުން ކަސިޔާރުނުވާތި!: މުފްތީ މެންކް

މައިންބަފައިންނަށް ޚިދުމަތްކުރުމަކީ ސުވަރުގެ ލިބުމަށް އޮތް އެންމެ ފަހި އެއް މަގު- މަގުން ކަސިޔާރުނުވާތި!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

ރަސޫލް (ޞޢވ) ވަނީ ﷲ ތަޢާލާގެ މަގުގައި ޖިހާދަށް ދާން އުޅުނު ޒުވާނަކު ހުއްޓުވައި މައިންބަފައިންނަށް ޚިދުމަތްކުރަން ފޮނުއްވަވައިފައެވެ. މީގެ އިތުރުން ޙަދީޘްފުޅުން އެނގެން އޮތީ ލޯތްބާއިއެކު މައިންބަފައިންނަށް ޚިދުމަތްކުރުމަކީ ޙައްޖުވުމުގެ ޘަވާބު ދެއްވަވާނެ ކަމެއް ކަމަށެވެ. 

މައިންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން މައިންނާއިއެކު ނޫނީ ފަރިއްނުކުޅުއްވަވާ ޞަޙާބީން ތިއްބެވުމުން އެނގިގެންދަނީ މައިންބަފައިން ތިބެނީ ރަނގަޅަށް، ތިމާ ކާކޮންމެ އެއްޗެއް ކައިގެންކަން ޔަޤީންކުރުމުގެ މުހިނަމުކަމެވެ. 

އެނގިގެން މިދަނީ މައިންބަފައިންނަށް ޚިދުމަތްކުރުމަކީ އިންސާނަކަށް ކުރެވޭނެ އެންމެ މަތިވެރި އެއް އަޅުކަންކަމެވެ. އެކަން އިތުރަށް އެނގިގެންދަނީ މައިންބަފައިންނަށް ޚިދުމަތްކުރުމަކީ ސުވަރުގެ ދެއްވަވާނެ ހެޔޮ ޢަމަލެއް ކަމުގައި ލައްވަވާފައި އޮތުމުންނެވެ.  

ބައެއް ކަންތައްތައް ކުރުމުން ސުވަރުގެ ދެއްވަވާނެ ކަމަށް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވާފައެވެ. އެއިން އެއްވެސް ކަމަކީ ކުރަން އެހައި ފަސޭހަ ކަންކަމަށް ނުވެދާނެއެވެ. ނަމަވެސް މައިންބަފައިންނަށް އެހީތެރިވެ ލޯތްބާއިއެކު އެމީހުން ބެލެހެއްޓުމަކީ ކުރެވިދާނެ ކަމެކެވެ. އެކަމަށް އޮތް އެއްވެސް ހުރަހަކީ ތަކްލީފެއް ކަމަށް ނުދެކޭށެވެ! 

މިސާލަކަށް ކޮންމެ މީހަކީ ދިރިއުޅެން މަސައްކަތް ވެސް ކުރާނެ މީހެކެވެ. ބައިވަރު ދަރިން ތިބޭނެއެވެ. އަންތބަކުވެސް ހުންނާނެއެވެ. އަދި ގިނަ ފަހަރު އަނބިމީހާ އާއި މައިންވަފައިންނާއިމެދު މައްސަލަތަކެއްވެސް އޮންނާނެއެވެ. އެހެންކަމުން އެމީހުން ބަލަހައްޓަމުން މައިން ބަފައިން ބެލެހެއްޓުމަކީ އެއްވެސް މީހަކަށް ކުރަން އެހައި ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެކަން ކުރުމުން ސުވަރުގެ ވައްދަވާނެ ކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާފައި އެވަނީ އެކަމުގެ ބުރަކަމަށްޓަކައެވެ. 

ގިނަ ޢާއިލާތަކުގައި ޢާއިލީ މަޞްލަހަތު ހިފަހައްޓަން ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަވާނެއެވެ. އުފެދޭ މައްސަލަތައް ހައްލުކުރަން ދައްކަން ޖެހޭ ވާހަކަތައް ވަރަށް ގިނަވާނެއެވެ. ބައެއް ފަހަރު ތިމާ ދައްކަން ބޭނުން ނުވާ ވާހަކަތައްވެސް ދައްކަން ޖެހޭނެއެވެ. ކުރަން ބޭނުން ނުވާ ކަންކަން ވެސް ކުރަން ޖެހޭނެއެވެ. މިހުރިހާ ހަނގުރާމަތަކާއިއެކު ވެސް ޢާއިލާގެ މަޞްލަހަތު ހިފަހައްޓައި މައިން ބަފައިން ރަނގަޅު ގޮތުގައި ބަލަހައްޓައިފި މީހަކަށް އެކަމަށް ދެއްވަވާނެ އަގަކީ ސުވަރުގެއެވެ. 

ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެ ކަމަށް ބަޔާން ކުރައްވަވާފައިވާ އެއްވެސް ކަމަކީ އެންމެ ދުވަހަކު ކޮށްގެން ނިމެން އޮތަ ކަމެއް ނޫނެވެ. މިސާލަކަށް ބަލާށެވެ. ފަތިސް ނަމާދުން ފަށައި ދުވާލުގެ 5 ނަމާދު ކޮންމެ ދުވަހަކު ކުރަން ޖެހެއެވެ. އެކަން ނުކުރުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނުއޮންނާނެއެވެ. މައިން ބަފައިން ބެލެހެއްޓުމާއި އެހީތެރިވުމަކީވެސް އެންމެ ދުވަހަކު ނުވަތަ އެމީހަކަށް ފަސޭހަ ދުވަހަކު ކޮށްލައިގެން ނިމޭނެ ކަމެއް ނޫނެވެ. އެމީހުން ދުނިޔޭގައި ތިބިހައި ދުވަހަކު ޤަވާއިދުން ކުރަން ޖެހޭނެ ކަމެކެވެ. 

މީސްތަކުންނޭވެ! ފޯނުން ނުވަތަ އެނޫންވެސް ގޮތަކުން މައިން ބަފައިންގެ ޙާލު ބެލުމަކީވެސް ސަވާބު ދެއްވަވާނެ ކަމެކެވެ. ނަމަވެސް އެމީހުންގެ ގާތަށް ގޮސް އެމީހުން ހިތް ހަމަޖައްސައިދިނުމުން ދެއްވަވާ ސަވާބާއި ރަޙްމަތް އެތައް ގުނައަކަށް އިތުރުވާނެއެވެ. އަމިއްލަ އަތުން ޚިދުމަތް ކުރުމުން ދެއްވްވާނެ ސަވާބާއި ރަޙްމަތްފުޅުވެސް މެއެވެ. 

ވީމާ މައިން ބަފައިން ބަލަހައްޓައި އެހީތެރިވާންވީ ޤާނޫނީ ވާޖިބު ނުވަތަ އިންސާނީ ވާޖިބު އަދާކުރުމަކަށް ނޫނެވެ. އެއީ އެއަށްވުރެ މާމަތިވެރި މަސްއޫލިޔަތެވެ. އެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާ ކުރުމުން ތިމާއަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް ދެއްވަވާނެ ކަމުގެ އުފާވެރި ޚަބަރު ﷲ ތަޢާލާ ދެއްވަވާފައިވާ ކަމެކެވެ. ވީމާ އެންމެންވެސް އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް