އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަރަހަނާ މަންޒަރުތަކާ އިސްލާމް ދީނާ ދެކޮޅަށް ދޭ ފަތުވާތައް ބޮލޮކްކުރަން އިމާމް ގޮވާލައްވައިފި!

ބަރަހަނާ މަންޒަރުތަކާ އިސްލާމް ދީނާ ދެކޮޅަށް ދޭ ފަތުވާތައް ބޮލޮކްކުރަން އިމާމް ގޮވާލައްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކުރައްވާފައިވަަނީ ހެޔޮގޮތުގައި އިންޓަރނެޓްގެ ބޭނުންހިފުމަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައްޗަށެވެ. އެގޮތުން މިއަދުގެ ހުކުރު ޚުޠުބާގައި އިމާމްވަނީ ބަރަހަނާ މަންޒަރުތަކާ އިސްލާމް ދީނާ ދެކޮޅަށް ފަތުވާތައް ބޮލޮކްކުރަން މުވާސަލާތީ ކުންފުނިތަކަށް ގޮވާލައްވައިފައެވެ. 

ސަރުކާރުން ބޭނުންވުމުން މިއީ ރައީސް މައުމޫނުގެ ވެރިކަމުގައިވެސް ކުރިކަމަކަށްވުމުން ޓެކްނޮލޮޖީގެ ގޮތުން މިހައި ކުރިއަރާފައިވާ ޒަމާނެއްގައި އެކަން ކުރަން އެއްވެސް ހުރަހެއް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ރައީސް މައުމޫނުގެވެރިކަމުގައި ބޮލޮކްކޮށް ރާއްޖެއިން ބެލުން ހުއްޓުވީ ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް ހިންގި ބައެއް ވެބްސައިޓުތަކެވެެ. 

ރާއްޖޭގައި ބަރަހަނާ ފޮޓޯތަކާއި އިސްލާމް ދީނާއި ދެކޮޅަސް ނެރޭ ފަތުވާތައް އިންޓަރނެޓުން ބެލުން ހުއްޓުވޭނީ ޓެލެކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ޓޭމް)އަށެވެ. މުވާސަލާތީ ކުންފުނިތަކުގެ ބެލެނިވެރިފަރާތަކީ ޓޭމްކަމަށްވުމުންނެވެ. އެކަން ޓޭމްލައްވައި ކުރުވަން ޖެހޭ ފަރާތަކީ މުވާސަލާތާއިބެހޭ މިނިސްޓްރީ އެވެ. ޒިންމާވެވަޑައިގަންވަން ޖެހިވަޑައިގަންނަވާނެ މިނިސްޓަރަކީ މަލީޙް ޖަމާލްއެވެ. އެކަމުގައި ޤާނޫނީ އެއްވެސް ހުރަހެއް އޮތްނަމަ އެކަން ޙައްލުކޮށްދޭންޖެހޭނީ ރައްޔިތުންގެ މަޖިލީހަށެވެ. ދައުލަތުގެ ސިޔާސަތުގެ މައްސަލައެއް އޮތްނަމަ އެކަން ޙައްލުކޮށްދެއްވޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ޤާނޫނާއި ދައުލަތުގެ ސިޔާސަތު ހަރުދަނާކުރުމުން މުވާސަލާތީ ކުންފުނިތަކަށް ޖެހޭނީ ޢަމަލުކުރާށެވެ! 

މިއަދުގެ ޚުޠުބާގައި ވަނީ ހެޔޮގޮތުގައި އިންޓަރނެޓުގެ ބޭނުން ހިފުމުގެ މުހިންމުކަމާއިމެދު  ބެލެނިވެރިންނަށާއި ކަމާއިބެހޭ އެންމެހައި ފަރާތްތަކަށް ވަރަށް ޚާއްޞަ އިލްތިމާސްތަކެއް ކުރައްވައިފައެވެ. އެކަން ނުކުރެވިއްޖެ ނަމަ ކުރިމަތިވާނެ މައްސަލަތަކަށްވެސް ބައްލަވައިލައްވައިފައެވެ. ޚުޠުބާގައި ދެއްވި އިރުޝާދުތަކަކީ ވަރަށް މުހިންމު އިރުޝާދުތަކެއްކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް