އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާފަ ކުރެވުން ގިނަވެއްޖެ ނަމަ ހިތް ހަރުވާނެ! އެއިރުން ކަންފަތް ބީރުވެ ދެލޯކަނުވާނެ!

ފާފަ ކުރެވުން ގިނަވެއްޖެ ނަމަ ހިތް ހަރުވާނެ! އެއިރުން ކަންފަތް ބީރުވެ ދެލޯކަނުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ﷲ ތައާލާގެ ކުޅަދުންވަންތަކަމާ ދީލަތިވަންތަކަމުގެ ހެކިތައް ކިތަންމެ ގިނައިން ފެނުނު ނަމަވެސް އެކަމުން އެއްވެސް އަސަރެއް ނުކުރާ މީހުން ވަރަށް ގިނަވެގެން މިއުޅޭ ސަބަބަކީ ކުރެވޭ ނުބައި އަމަލުތަކުގެ ސަބަބުން ހިތް ހަރުވެ ހިލަވެފައިވުމެވެ. 

ކިތަންމެ ތޫނު ވަޅިއެއް ހަރަން އުޅުނު ނަމަވެސް ހިލަގަނޑަކަށް ނުހެރޭނެއެވެ. ހަމަ އެފަދައިން ހިތް ހިލަވުމުން ހަމަ އެ މައްސަލަތައް ކުރިމަތިވާނެއެވެ. ތިބާގެ ކަންފަތް ބީރު ނުވި ނަމަވެސް ހިތް ހަރުވެ ހިލަވުމުން ބަންގީގެ އަޑެއް ނުއިވޭނެއެވެ. ކީރިތި ޤްރްއާނުގެ އަޑެއް ނުއިވޭނެއެވެ. ދީނީ ދަރުސްތަކުގެ އަޑެއްވެސް ނުއިވޭނެއެވެ. އަޑެއް ނުއިވޭނެ ކަމަށް މިބުނަނީ އެއިން އެއްވެސް ކަމަކުން އެމީހަކަށް އެއްވެސް އަސަރެއް ނުކުރާނެވާހަކައެވެ. 

ޙަޤީޤަތުގައި މިއީ އިންސާނަކަށް ކުރިމަތިވާނެ އެންމެ ނުރައްކައުތެރި ޙާލަތެވެ. މިޙާލަތަށް ކޮންމެ މީހަކުވެސް ވެއްޓިގަންނަނީ ހަމަ އެމީހަކު އަމިއްލައަށެވެ. ކޮންމެ މީހަކުވެސް ބާލިޣްވެ ދުނިޔެތެރެއަށް ނުކުންނައިރު އެމީހެއްގެ ހިތަކީ ޠާހިރު އެއްޗެކެވެ. ހިތް ނަޖިސްވެ ކުނިވެ އަދި ހިގަނޑަކަށް ބަދަލުބވެގެންދަނީ އެމީހަކު އަމިއްލައަށް ކުރާ ކަންތައްތަކުގެ ސަބަބުންނެވެ. 

ތިމާއަށް މިހާލު ޖެހެން ބޭނުންނުވާނަމަ ފުރަތަމަ ކަމެއްގެ ގޮތުންވެސް އިސްކަންދޭން ޖެހޭ ކަމަކީ ގިނަގިނައިން ތައުބާވުމެވެ. ކުށެއް ނުވަތަ ފާފައެއް ކުރެވުނު ނަމަވެސް އެކަމަކަށް ހިތާމަކުރުމެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުމެވެ. އެކަންކަން ނުކޮށް ހުންނަނަމަ ހިތަށް ދާނީ މި ބުނި ފަދައިން ބަދަލުތައް އަންނަމުންނެވެ. ބަދަލުތައް އަންނަވަރަކަށް ހިތް ހިލަވަމުން ގޮސް ކުރިން މިބުނިހިސާބަށް ދާނެއެވެ. އެހިސާބުން ޙާލަތު ބަދަލުކުރުން ގިނަ ފަހަރަށް އޮންނަނީ ފަސޫހަ ކަމކަށް ނުވެފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް