އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދު އަޅައި އާމްދަނީ ހޯދަން މަސައްކަތްކުރާ މީހުންނަކީ ފައިދިގުމަކުނުތަކެއް ފަދަ ބައެއްކަން ޤުރްއާނުން!: ބިލާލް އައްސަދު

ނަމާދު އަޅައި އާމްދަނީ ހޯދަން މަސައްކަތްކުރާ މީހުންނަކީ ފައިދިގުމަކުނުތަކެއް ފަދަ ބައެއްކަން ޤުރްއާނުން!: ބިލާލް އައްސަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ހުކުރު އަޅައި އާމްދަނީ ހޯދަން މަސައްކަތްކުރާ މީހަކު ބުނީ އޭނާ ހުކުރު ނަމާދު ނުކުރާ ކަމަށާއި ނުކުރަނީ ޢާއިލާ ބަލަހައްޓަން ޚަރަދުކުރާނެ ފައިސާ ހޯދަންޖެހޭތީ ކަމަށާއި ޢާއިލާ ބަލަހައްޓަން އިސްލާމް ދީނުގައި އޮތުމުން ކަމަށެވެ.

 އެއީ ތެދެކެވެ. ޢާއިލާ ބަލަހައްޓަން މަސައްކަތް ކުރަންޖެހޭނެއެވެ. ނަމަވެސް ހުކުރު އަޅައިފައެއް ނޫނެވެ. އަދި ނަމާދު ނުކޮށެއް ނޫނެވެ. ހުކުރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމާދުކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އާމްދަނީ ހޯދުމާއި އެފަދަ ހުރިހާ ކަންކަން އަންނަން ޖެހޭނީ ނަމާދުގެ ފަހަތުންނެވެ.

އޭނާ އެބުނި ބަހަށް ބަލާއިރު ވެސް ވިސްނައިލަން ޖެހޭ ފުރަތަމަ ކަމަކީ އޭނާއަށް ޢާއިލާއެއް ދެއްވެވީ ﷲ ތަޢާލާ ކަމެވެ. ވީމާ ފުރަތަމަ އިސްކަން ދޭން ޖެހޭނީ އޭނާއަށް ޢާއިލާ ދެއްވެވި ﷲ ތަޢާލާއަށެވެ. ރޒުޤު ދެއްވަވަނީ ނަމާދުކުރަން އަމުރުކުރެއްވެވި ﷲ ތަޢާލާއެވެ. އެގޮތަށް އެކަން ނުކުރާ ޢާއިލާތައް ﷲ ތަޢާލާ ސިފަކުރައްވަވާފައިވަނީ ފައިދިގު މަކުނުގެ ގޮތުގައެވެ. 

"ﷲ ފިޔަވައި، އެހީތެރިންތަކެއް ލިބިގަތް މީހުންގެ މިސާލީ، ގެއެއް ހަދައި ބޭނުންކުޅަ، ފައިދިގު މަކުނުގެ ގެކަން ކަށަވަރެވެ. އެއުރެން އެކަން ދަންނަނަމައެވެ." (ޤްރްއާން 41-29) 

- ބިލާލް އައްސަދުގެ ދަރުސަކުން 

މާރުކޭޓް ގޮޅިއެއް ހިންގާ މީހަކު ކިޔައިދީފައިވާ މިވާހަކައަކީ މިދަރުސަށް ވަރަށް ބޮޑަށް ބާރުލިބޭ ދަލީލެކެވެ! 

ބާޒާރުގައި ކަނޑޫދޫ ގިތެޔޮ މިރުސް ނެތް ދުވަހެއްގައި ދޯންޏަކުން ގެނައި ހުރިހާ ގިތެޔޮ މިރުސް އޭނާ ގަތީމެވެ. މާރުކޭޓުގައި ތަކެތިވިއްކާ މީހުންގެ ތެރެއިން ގަނޑުކޮށް ގަންނަން ބޭނުންވި އެންމެންނަށްވެސް ހެޔޮ އަގެއްގައިވެސް ބައެއް ވިއްކީމެވެ. އަހަރެންގެ ގޮޅި ކުރިމަތީގައި ހުން ގޮޅިއަށްވެސް ވިއްކީމެވެ. 

ޢަޞްރުވަގުތުވުމުން ގޮޅި ބަންދުކޮށްފައި ދިއައީ ނަމާދަށެވެ. ނަމާދު ނިންމައި ހޮޓަލަކުން ސަިބޮއި ހަދައިގެން އައިފަހުން އިރު އޮއްސުމާއި ދެމެދު އެކި މީހުން އައިސް 20 ކިލޯ މިރުސް އޭނާއަތުން ގަތެވެ. 

މަޣްރިބް ވަގުތުޖެހެން ކައިރިވެފައި ހުއްޓާ ކުރިމަތީ ގޮޅި ހިންގާ މީހާ ބުންޏެވެ! "އަހަރެން ޢަބްރު ނަމާދަށް ވެސް ނުގޮސް މަޑުކުރީ ކަލޭމެން ނެތް ވަގުތު އަންނަ މީހުންނަށް މިރުސް ވިއްކުމުގެ ބޭނުމުގައެވެ. ނަމަވެސް އަދި އެންމެ ކިލޯއެއްވެސް ނުވިކެއެވެ. އެކަމަކު ކަލޭމެން ޢަޞްރުފަހުންވެސް 20 ކިލޯ މިރުސް ތިއަ ވިއްކީ އަހަރެންގެ ކުރިމަތީގައެވެ. 

އެނގިގެން މިދަނީ ނަމާދު ވަގުތުޖެހުމުން ނަމާދުކުރުމުގެ ހުރި ފައިދާކަން ފާހަގަކުރެވުމުން މި ދަރުސާއި މިވާހަކަ ގުޅުވައިލީ ހަމަ ކިޔުންތެރިންނަށް ޢިބްރަތަކަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް